Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

މިހާހިސާބުން ވާދަވެރިކަން ނިމުނީ: ރައީސް އިބްރާހިމް

ވާދަވެރިކަން މިހާހިސާބުން ނިންމާލައި ކުރިއަށް އޮތް އިންތިޚާބު ކާމިބު ކުރުމަށް މަސައްކަތްކުރަން ވާދަވެރިންނަށް ގޮވާލައްވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް އިބްރާހިމް ވިދާޅުވީ އަދި ކިރިޔާ މަސައްކަތް ފެށުނީ ކަމަށާއި މިހާރު ވާދަވެރިކަން ނިމުނީކަމަށް ގޮވާލައްވާފައެވެ.

ރައީސް އިބްރާހިމް ވިދާޅުވީ އެއްވެސް ކަމެއް ހިތްޕުޅުގައި ނެތްކަމަށާއި، އެމްޑީޕީ ކުރިއަށް ގެންދިއުމުގައި ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު އަރުވާކަމަށެވެ.

އަދި ވިދާޅުވީ ދެން އޮތް މަރުހަލާ އަދި މިއަށްވުރެވެސް ފަސޭހަވާނެކަމަށެވެ. މީގެއިތުރުން ވިދާޅުވީ އެމްޑީޕީގެ އޮންނާނީ އެއް މަގުސަދެއް ކަމަށާއި، އެއީ ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނައުން ކަމަށެވެ.

ރައީސް އިބްރާހިމް ވިދާޅުވީ ބައެއްކަހަލަ ނުރަނގަޅު ކަންކަން ހިނގައިދިޔަނަމަވެސް، ވާދަވެރިންނަށްވެސް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މިއަދުގެ އިންތިޚާބު ހިނގައިދިޔަ ގޮތް ރަނގަޅުކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވި އިރު، މިއަދު ކުރިއަށްދިޔަ އިންތިޚާބުގައި ހަމަނުޖެހުންތަކެއް ހިންގާފައިވާ ކަންފާހަގަ ކުރެވެއެވެ. އަދި އެހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް އަނިޔާތަކެއް ލިބިފައިވެއެވެ.

މީގެއިތުރުން ރައީސް ސޯލިހް އާ ވާދަކުރެއްވި ރައީސް ނަޝީދުގެ ޓީމުން ވަނީ މި އިންތިޚާބު ކުރިއަށް ދިޔަގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މި ލިއުމާއި ގުޅޭ