Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ބޮންޑެ ސިފަކުރެއްވީ މިއަދު ބޭއްވީ ކޮރަޕްޝަނާ ފަސާދައިގެ ގުންޑާ އިންތިހާބެއްގެ ގޮތުގައި

އެމްޑީޕީގެ ޕްރައިމަރީއަކީ ކޮރަޕްޝަނާއި ފަސާދައިގެ ގުންޑާ އިންތިހާބެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސިފަކުރައްވައިފިއެވެ.

ބޮންޑެ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ތާއީދުކުރާ 39،000 މެމްބަރުން ޕާޓީން ބޭރުކޮށްް އަދި ބައެއް މެމްބަރުން އެކި ޕާޓީތަކަށް އަރުވާލުމަށްފަހު ބޭއްވި ހަޑިމުޑުދާރު އިންތިހާބު ޑިމޮކްރަސީ އަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު ބަލައި ނުގަންނާނެ ކަމަށެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކާމިޔާބު ކުރައްވައިފައެވެ. އެމަނިކުފާނާ ވާދަކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

މި އިންތިޚާބުގައި މިހާތަނަށް ނުކުތް ނަތީޖާ އިން ރައީސް ސޯލިހް ވަނީ %65 ވޯޓު ހޯއްދަވައިފައެވެ. ނަމަވެސް ނަޝީދުގެ ފަޅިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދައިފައެވެ.

މިއަދުގެ އިންތިޚާބުގައި ބޮޑުތަނުން މަކަރު ހަދައިފައިވާ ކަމަށް ނަޝީދުގެ ކެމްޕެއިންޓީމުން ގަބޫލުކުރެއެވެ. ސަބަބަކީ މިއަދުގެ އިންތިޚާބުގައި އެމްޑީޕީގެ ރަޖިސްޓްރީގައި ނެތް މީހުން ވޯޓުލާފައިވުމާއި އަދި ގުނުމުގައި އޮޅުވާލުން ތަކެއް ހުރީތީ ކަމަށް ނަޝީދުގެ ފަޅިން އަންނަނީ ބުނަމުންނެވެ.

މި ލިއުމާއި ގުޅޭ