Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ވަރަށް ގިނަ ވޯޓު ފޮށި ބާތިލު: ރައީސް ނަޝީދު

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ވަރަށް ގިނަ ވޯޓު ފޮށީގެ ނަތީޖާ ބާތިލުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ވޯޓުގެ ނަތީޖާއާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް އެމަނިކުފާނު ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި މައިގަނޑު ގޮތެއްގައި ނަޝީދު ފާހަގަކުރެއްވީ އިންތިޚާބު ޝީޓުތަކުގައި ހުރި ތަފާތުތަކެއްގެ ސަބަބުންނެވެ.

އެގޮތުން ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ އިންތިޚާބީ ކޮމިޓީގެ މެންބަރު އިބްރޭއާ މުޚާތަބުކުރައްވާފައި ވިދާޅުވެފައިވަނީ، ކަންކަން ހިނގި ގޮތް ވަރަށް ދެރަކަމަށެވެ. ވޯޓުގެ ނަތީޖާ ޝީޓުގައި ޖަހާފައި އޮންނަ އަދަދަށްވުރެ ގިނަ ވޯޓު ފޮށީގައި ހުރެގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ފޮއްޓެއްގެ ނަތީޖާ ޝީޓުގައި ހުރި އަދަދުތައް ދިމާނުވާނަމަ އެ ޝީޓަކީ ބާތިލު ޝީޓެއްކަމަށް ނަޝީދު ވިދާޅުވިއެވެ. އެއާއެކު ނަޝީދު ވިދާޅުވެފައިވަނީ ވަރަށް ގިނަ ފޮށިތައް ބާތިލުކަމަށެވެ.

"ވޯޓު ނަތީޖާ ޝީޓުގައި އޮތް ފޮއްޓަށް ވޯޓު ހައްގުވާ އަދަދުކަމަށް ޖަހާފައި އޮންނަ އަދަދަށްވުރެ ގިނަ ވޯޓު ފޮށީގައި ހުރެގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރާ ބައެއް ފަރާތްތަކުން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޝީޓުތަކުގައިވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް ރެކޯޑުކޮށްފައިވެއެވެ.

އެގޮތުން މާލޭގައި ހުރި ގއ.ވިލިނގިލީ ވޯޓު ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 230 މީހުންނަށްކަމުގައިވީ ނަމަވެސް 241 މީހަކު އެ ފޮށްޓަށް ވޯޓު ލާފައިވެއެވެ.

ޕްރައިމަރީގެ ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރައީސް އިބްރާހީމަށް މި އިންތިޚާބުގައި ވޯޓުގެ 61 އިންސައްތައާ ގާތްކުރާ މިންވަރުގެ އަޣުލަބިއްޔަތެއް ލިބިފައިވެއެވެ. އެމަނިކުފާނަށް 21،729 ވޯޓު ލިބިވަޑައިގެންފައިވެއެވެ. ނަޝީދަށް ލިބިވަޑައިގަތީ 13،653 ވޯޓެވެ.
މި ލިއުމާއި ގުޅޭ