Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު ނިހާދު

ވޯޓު ފޮށި ފަޅަނީ އީވާ މުގުލުގައި ހުރެގެން: ނިހާދު

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމެރީ އިންތިހާބުގައި ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ފަޅަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މުގުލުގައި ހުރެގެން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ނިހާދު ވިދާޅުވީ އީވާ މުގުލުގައި ހުރެގެން ހުރިހާ ވޯޓު ފޮށިތަކެއް ފަޅާ ހަމަނުޖެހުން ހިންގާ އިންތިހާބު ހަރާބުކޮށްލަން ދަނީ އަންގަމުން ކަމަށެވެ.

"ދެރަ ކަންކަން، ފެށިއިރުވެސް ފެށީ ފިތުނައިން. ނިންމަން އުޅެނީވެސް އެ މަގުން" ނިހާދު ވިދާޅުވިއެވެ.

ބައެއް ދާއިރާތަކުގައި ވޯޓުލުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް ތުހުމަތުކޮށް ރައީސް ނަޝީދުގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ވޯޓުލާ ސަރަހައްދުތަކުގައި ހަމަނުޖެހުން ހިނގައި ބައެއް ވޯޓުފޮށިތައް ވަނީ ފަޅާލާފައެވެ.

މިއަދު އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ރައީސް އިބްރާހީމް ވަނީ ވޯޓުގައި މަކަރު ނަހަދާނެކަމަށް ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ