Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ފިޔަވަޅު އަޅަން އެޗްޕީއޭގެ އިލްތިމާސް!

ބޭރަށް ހިންގުމުގެ ބަލި ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ އެ ބަލީގެ އަލާމާތްތަކުގެ އިތުރަަށް އެހެނިހެން ބައެއް އަލާމާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެ އެޖެންސީން ބުނީ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި އާދަޔާއި ހިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި، މާ ބޮޑަށް ވަރުދެރަވުމާއި، ދިޔާތަކެތި ބޭނުން ނުކުރެވޭ ގޮތް ވުމާއި، ކުޑަކަމުދެވޭ މިންވަރު މަދުވުން ހިމެނޭކަމަށެވެ.

އަދި ގިނަގިނައިން ހޮޑުލެވޭ ގޮތްވުމާއި، ލެވޭ ހޮޑު ނުވަތަ ބޮޑުކަމުދެވޭ ތަކެތިން ލޭ ފެނުމާއި، އާދަޔާއި ޚިލާފަށް ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނިދާނެކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

މީގެއިތުރުން ބަލީގެ އަލާމަތްތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށާއި ބޭރަށް ހިނގުމުން ރައްކާތެރި ވުމަށްޓަކައި ދުރާލާ ކުރެވިދާނެ ކަންތައްތައް އެނގުން ވަރަށް މުހިންމު ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެގޮތުން އެ އެޖެންސީން ވަނީ ބޭރަށް ހިންގުން އިތުރަށް ފެތުރުނަ ނުދިނުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ އިރުޝާދު ދީފައެވެ.

އެޗްޕީއޭއިން ވަނީ ބޭރަށް ހިންގާނަމަ ތިމާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ގިނަގިނައިން ލޮނު ޕެކެޓް ބޭނުން ކުރުމާއި ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުން ކުރުމާއި، ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން ފަދަ ކަންކަން ކުރުމަށް އިރުޝާދު ދީފައެވެ.

އަދި ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ދަރިވަރުން ސްކޫލަށް ނުދިއުމާއި މުވައްޒަފުން ވަޒީފާއަށް ނުވަތަ މަސައްކަތަށް ނުނިކުމެ ގޭގައި އަރާމު ކުރުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިއުމާއި ގުޅޭ