Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަދާލަތު ޕާޓީ

މަކުނުދޫގައި އަޅަން އަދާލަތުން ވައުދުވީ ކުޑަކުދިންގެ ޕާކުގެ ބިންގާވެސް މިހާރު ނެތް!

ނިމިދިޔަ މިޖިލިސް އިންތިހާބާ ދިމާކޮށް އަދާލަތު ޕާޓީން ހދ. މަކުނުދޫގައި އަޅަން ވައުދުވީ ކުޑަކުދިންގެ ޕާކު އަދިވެސް ނާޅާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މަކުނުދޫގައި ކުޑަކުދިންގެ ޕާކެއް ހަދައިދޭން އަދާލަތުން ވައުދުވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން 2019 ގަ އެވެ.
އެރަށުގައި އެޅުމަށް ނިންމާފައިވާ ޒަމާނީ ފެންވަރުގެ ޕާކު ކަމަށް ބުނެ އަދާލަތުގެ ރައީސް އިމްރާން އަބްދޫﷲ އެރަށުގައި ބިންގަލެއްވެސް އެޅި އެވެ. ނަމަވެސް އެ މަސައްކަތް އެހާ ހިސާބުން ހުއްޓިފައި އޮތީ އެވެ.
މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި މިހާރު ހުރި އިމްރާން ރޭ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން މަކުނުދޫ މީހަކު ވަނީ އެރަށުގައި އަޅަން ބުނި ޕާކު ކޮބައިތޯ އިމްރާނާ ސުވާލުކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި އެރަށުގައި ބުނި ޕާކުގެ ބިންގާ ވެސް މިހާރު ފެންނާކަށް ނެތެވެ. އަދި އެއީ ހަމަ މަޖިލިސް އިންތިހާބާ ދިމާކޮށް އުފެއްދި ވާހަކައެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

އަދާލަތު ޕާޓީގެ އިތުރުން މިހާރު އޮތް އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް ވެރިކަމަށް އައުމަށް ރައްޔިތުންނަށްވީ ގިނަ ވައުދުތައް ނުފުއްދާކަން ފާހަގަކުރެވެ އެވެ.

މި ލިއުމާއި ގުޅޭ