Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގައުޓަމް އަދަނީ

އޮޅުވައިލުމުގެ ތުހުމަތުތައް އަމާޒުވެ އަދާނީގެ ހިއްސާއިން 48 ބިލިއަން ޑޮލަރު އުނިވެއްޖެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގާތް ގުޅުމެއް އޮންނަ އެ ޤައުމުގެ އެންމެ ބޮޑު މަހުޖަނު ގައުޓަމް އަދާނީގެ ވިޔަފާރިއަށް ބޮޑެތި އޮޅުވައިލުންތައް އޮޅުވައިލުމުގެ ތުހުމަތު އަމާޒުވެ ފާއިތުވި ހަފުތާގައި އެ ކުންފުނީގެ ހިއްސާގެ އަގުން 48 ބިލިއަން ޑޮލަރު އުނިވެއްޖެއެވެ.

އެމެރިކާގެ އިންވެސްޓްމެންޓު ފާމެއްކަމަށްވާ ހައިޑެންބާގް ރިސާޗުން އަދާނީގެ ކުންފުނިތަކުން ބޮޑެތި އޮޅުވައިލުންތަކެއް އޮޅުވާލާފައިވާކަން ހާމަކުރުމާއެކު ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި ގިންތިކުރެވިފައިވާ އަދާނީގެ އަމިއްލަ ތަނަވަސްކަމުން 22.6 ބިލިއަން ޑޮލަރު އުނިވެ، ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުގެ 7 ވަނައަށް ވެއްޓިފައިވެއެވެ.

އޭނާގެ މައި ކުންފުނިކަމަށްވާ އަދާނީ އެންޓަޕްރައިސަސްގެ ހިއްސާ 20 އިންސައްތަ ދަށަށް ފާއިތުވި ހަފުތާގައި ވެއްޓިފައިވެއެވެ. އޭގެ ފަހުން ހިއްސާގެ އަގު ރަނގަޅުވެ، ކުރިން ހުރި ވަރަށްވުރެ 18.52 އިންސައްތަ ދަށުގައި ހިފަހެއްޓިފައިވެއެވެ.

އަދާނީ ގުރޫޕުގެ އިތުރު ފަސް ކުންފުންޏެއްގެ ހިއްސާއަށް މި ޚަބަރުގެ ނޭދެވޭ އަސަރު ކުރިއެވެ. އެގޮތުން އަދާނީ ޓޯޓަލް ގޭސް، އަދާނީ ގްރީން އެނާޖީ، އަދި އަދާނީ ޓްރާންސްމިޝަންގެ ތެރެއިން ކޮންމެ ކުންފުންޏެއްގެ ހިއްސާ 20 އިންސައްތަ ދަށްވެފައިވެއެވެ.

ހިންޑެންބާގް ރިސާޗުން މި ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އަދާނީން އެކުންފުނީގެ ހިސާބުކިތާބު އޮޅުވައިލާ، އެ ކުންފުންޏަކީ މާލީ ގޮތުން ދުޅަހެޔޮ ކުންފުންޏެއްކަމަށް ދެއްކުމަށް ގުޅިފައިވާ އެކި ފަރާތްތަކާއެކު ހިންގާފައިވާ މުއާމަލާތްތަކާއި ވިޔަފާރި ނަފާ އެކި ގޮތްގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދާނީ ކުންފުނިން ބުނީ އެ ކުންފުންޏަށް އިތުރު ފައިސާ ހޯދުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި ހިންޑެންބާގުން ނެރުނު ރިޕޯޓަކީ ނުނިޔަތުގައި އެ ކުންފުންޏަށް ގެއްލުންދީ އަގުވައްޓައިލަން ނެރުނު ރިޕޯޓެއް ކަމަށެވެ.

އަދާނީގެ ޤާނޫނީ ވަކީލު ޖަޓިން ޖަލުންދުވާލާ ވިދާޅުވެފައިވަނީ ހިންޑެންބާގާ ދެކޮޅަށް އެމެރިކާއާއި އިންޑިއާގެ ކޯޓުތަކުގައި ދައުވާކުރުމަށް އޮތް ފުރުސަތާ ގުޅޭ ދިރާސާތައް މިހާރު ހަދަމުން އަންނަ ކަމަށެވެ.

ހިންޑެންބާގުން ބުނެފައިވަނީ ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކަށް ވާހަކަދެއްކުމުގެ ބަދަލުގައި އަދާނީން އިޚުތިޔާރުކޮށްފައިވަނީ ބިރުދައްކައި، އިންޒާރު ދިނުމުގެ އިސްތިރާޖިއްޔާއެއް ކަމަށެވެ.

"އަދާނީން ބޭނުންވާކަމަށްވާނަމަ އެމެރިކާ ކޯޓެއްގައި ދައުވާކުރަންވީ. ހެކި ހާމަކުރުމުގެ މަރުހަލާގައި ހާމަކުރަން އެދޭނެ ލިޔެކިޔުމުގެ ދިގު ލިސްޓެއް އެބައޮތް،" ހިންޑެންބާގުގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިންޑެންބާގުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ނަރެންދުރަ މޯދީގެ ސަރުކާރުން އަދާނީއާމެދު ޚާއްޞަ އުސޫލުތަކަށް އަމަލުކުރުމުގެ ސަބަބުން، ނޫސްވެރިންނާއި އާންމު ރައްޔިތުންނާއި ސިޔާސީ މީހުންނަށް އެ ކުންފުނީގެ ސުލޫކާމެދު ސުވާލު އުފެއްދުމަށް ޖެހިލުންވާ ކަމަށެވެ. އެއީ އެފަދައިން އެ ކުންފުންޏާމެދު ސުވާލެއް އުފައްދައިފިނަމަ ކުރިމަތިވެދާނެ ގޮންޖެހުމެއްގެ ބޮޑުކަމުން ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ