Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

އިދިކޮޅުގެ ހަރަކާތް ރޫޅާލަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ ބެލުމަށް ގޮވާލައިފި

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާއަށް ސަރުކާރުން ހުރަސް އަޅައި، ފުލުހުން މެދުވެރިކޮށް ހަރަކާތުގެ ބައިވެރިންނަށް އަނިޔާވެރިވުން ކުށްވެރިކޮށް، އެކަންކަން ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް އިދިކޮޅުން ގޮވާލައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމަށްފަހު އިދިކޮޅު ކޯލިޝަނުން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާއަށް ފުލުހުން ވަނީ ވަކި ހިސާބަކުން ހުރަސް އަޅައި ބާރުގެ ބޭނުންކޮށްފަ އެވެ.
އެގޮތުން އެމްޕީއެލް ސަރަހައްދުން މުޒާހަރާގެ ބައިވެރިން ގަޔަށް ޕެޕާ ސްޕްރޭ ޖަހައި، އެއްވުން ރޫޅާލުމަށްފަހު ތިން މީހަކު ހައްޔަރުކުރި އެވެ. ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެގެން ވެސް ގެންދިޔަ އެވެ.
އެކަމާ ގުޅިގެން އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭ މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ އިތުރުން ހަރަކާތުގެ ބައިވެރިންނާއި މެދު ވަރަށް އަނިޔާވެރިކޮށް ޢަމަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން ބައިވެރިންގެ ތެރެއަށާއި، ބައިވެރިންގެ ލޮލަށާއި އަނގައާއި ދިމާކޮށް ޕެޕާ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއިން މީހުން ހައްޔަރުކުރިއިރު، އެމީހުން ބިންމައްޗަށް ވައްޓާލާ އޮބިއެޅި މަންޒަރުތައްވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.
"ސަރުކާރާއި ވާދަވެރިންގެ ހަރަކާތްތަކަށް ހުރަސް އަޅާ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރުމުގެ ޢަމަލުތައް ކުރަމުން ގެންދާއިރު، ދާދި ފަހުން އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި އިބްރާހީމް ރައީސް ވަނީ ޕީޕީއެމް ޕީއެންސީ ގެ ޙަރަކާތްތައް ހުއްޓުވައި އަޑު ކަނޑުވާލާނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވާ އިންޒާރު ދެއްވާފައިވާކަން ފާހަގަ ކުރަމެވެ،" އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.
އެހެންކަމުން ރައީސްގެ އެންގުމަށް ފުލުހުން ނުކުމެ ރައްޔިތުންނަށް އަނިޔާވެރިވެ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ އެ އަމަލުތައް ބަލައި ފިޔަވަޅު އެޅުމަށް އިދިކޮޅުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނަށް ގޮވައިލި އެވެ. އަދި ހަރަކާތުގެ ތެރެއިން ހައްޔަރުކޮށްފައިވާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ވެސް ގޮވައިލި އެވެ.
މި ލިއުމާއި ގުޅޭ