Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައްޑޫ ސިޓީ

ހަންކެޑެ މަޝްރޫއު ކަމަށް ބުނެ ކުރެހުންތަކެއް ސަރުކާރުން އާންމުކޮށްފި

އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓު ކަމަށް ބުނެ އެތަނުގެ ޑިޒައިން އޮންނާނެ ގޮތުގެ ފޮޓޯތަކެއް ސަރުކާރުން އާންމުކޮށްފި އެވެ.

ހަންކެޑެ ސަރަހައްދަކީ ބިދޭސީންނަށް ވިއްކަން ގެދޮރު އަޅާނެ ސަރަހައްދެއް ކަމުގައި ކަނޑައަޅައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވީ 2021 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ.
އެ ގަރާރުގައި ވާގޮތުން ދިވެހިރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޑޫ ސިޓީގެ "ހަންކެޑެ" ސަރަހައްދަކީ ސަރުކާރުގެ ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރާ ސަރަހައްދެކެވެ.
އެ ސަރަހައްދު ތަރައްގީކުރަން ކުއްޔަށް ދީފައިވަނީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށެވެ.
މާދަމާ އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް މޯލްޑިވްސް ފަންޑް މެނޭޖްމެންޓުން ވަނީ ހަންކެޑެ މަޝްރޫއު ކަމަށް ބުނެ މިއަދުގެ ހެނދުނު ޓުވިޓާގައި ކުރެހުންތަކެއް އާންމުކޮށްފަ އެވެ.
ޕްރޮޖެކްޓުގެ އެއްވެސް ތަފްސީލެއް އާންމު ނުކޮށް ސަރުކާރު ބަންދު ދުވަހެއްގެ ހެނދުނު ޓުވީޓުކުރި ފޮޓޯތަކާއެކު ބުނެފައިވަނީ އެ މަޝްރޫއުގެ ސަބަބުން އައްޑޫ އާރާސްތުކޮށް ފަތުރުވެރިކަމުގެ ތަޖުރިބާ އިތުރުވެގެންދާނެ ކަމަށެވެ. އަދި އިތުރު ވަޒީފާތައް މެދުވެރިކޮށް އިންޓަގްރޭޓެޑް ޓޫރިޒަމުން މަންފާ ހޯދުމުގެ ފުރުސަތު އައްޑޫ ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ.

ރިއަލްއެސްޓޭޓް ޓުއަރިޒަމް އަކީ ދިރިއުޅޭނެ ގެތައް ތަރައްޤީ ކުރުމަށްފަހު ވިއްކުމެވެ. ސަރުކާރުގެ އަމާޒަކީ ބޭރުގެ ފަރާތްތަކަށް މިގޮތަށް ގެދޮރު ހަދާފައި ވިއްކުމެވެ. އަދި މިކަން ކުރުމަށް ރެޒިޑެންޓް ވިސާ ގެ ޤަވާއިދަށްވެސް ވަނީ ބަދަލުތަކެއް ގެނެވިފަ އެވެ. މިގޮތުން ރާއްޖޭގައި 5 އަހަރު ދުވަހަށް 250،000 ޑޮލަރު އިންވެސްޓު ކުރާ ފަރާތަކަށް 5 އަހަރުގެ ވިސާ ދޭގޮތަށް ވަނީ ނިންމާފަ އެވެ.

މި ލިއުމާއި ގުޅޭ