Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކެންޔާ

ވެނެޒުއޭލާގެ ސަފީރު މަރާލިކަމުގެ ކުށް ވެނެޒުއޭލާގެ ޑިޕްލޮމެޓެއްގެ މައްޗަށް ސާބިތުވެއްޖެ

ވެނެޒުއޭލާއިން ކެންޔާއަށް ކަނޑައަޅާފައި ހުރި ސަފީރު މަރާލިކަމުގެ ކުށް އެ ޤައުމުގެ ޑިޕްލޮމެޓެއްކަމަސްވާ ޑްވައިޓް ސަގަރޭމައްޗަށް ސާބިތުވެއްޖެއެވެ.

ކެންޔާއަށް ވެނެޒުއޭލާއިން ކަނޑައަޅާފައި ހުރި އެކްޓިން ސަފީރު އޮލްގާ ފޮންސޭކާ މަރާލުމުގެ ދައުވާ ސަގަރޭ މައްޗަށް އުފުލީ ކެންޔާގެ ކޯޓެއްގައެވެ. ފޮންސެކާ މަރާލާފައި އޮށްވާ ފެނިފައިވަނީ އެ ގައުމަށް ސަފީރެއްގެ ގޮތުގައި ދިޔަތާ 2 ހަފްތާ ނުވަނީސް، އޭނާ ދިރިއުޅުނުގޭގެ ނިދާ ކޮޓަރީގައެވެ. އޭނާގެ ކަރުގައި އެއްޗެއް އޮޅާލާ ބާރަށް ފިއްތާލައިފާވާ ކަމުގެ ނިޝާންތައް ފެނިފައިވެއެވެ.

ފޮންސެކާ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާގައި އިތުރު ދެ މީހަކުވަނީ ހައްޔަރުކުރެވިފައެވެ. އަދި އެމީހުންގެ މައްޗަށް ކޯޓުންވަނީ ކުށް ސާބިތުވާކަމަށް ނިންމާފައެވެ. މި މައްސަލައިގާ ހޯދަމުންދާ އިތުރު މީހަކުވަނީ ފިލާފައެވެ. ނަމަވެސް އޭނާގެ މައްޗަށް ނެރެފައިވާ ހައްޔާރުކުރުމުގެ ވޮރެންޓް އޭނާ ހައްޔަރު ކުރެވެންދެން އޮންނާނެކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

ފޮންސެކާ އައުމުގެ ކުރިން، ކެންޔާގައި ހުންނަ ވެނެޒުއޭލާގެ އެމްބަސީ ހިންގަމުންއައީ ސަގަރޭއެވެ. ފޮންސެކާ ސަފީރެއްގެ ގޮތުގައި އެގައުމަށް ދިއުމުން ސަގަރޭ އެކަމާ ނުރުހުންވެފައިވާކަމަށް، ތަހުގީގަށް ފެނުނެވެ. އަދި އެކަމުގެ ރުޅީގައި އޭނާވަނީ ފޮންސްކާ މަރާލާފަކަމަށް ކޯޓުގައި ވަނީ ސާބިތުވިއެވެ.

މީގެ އިތުރުން، ސަގަރޭގެ މައްޗަށް ކުށް ސާވިތުވިކަމަށް ނިންމި ގާޟީވަނީ، އެމްބަސީގެ ވެރިއަކަށް ފޮންސެކާ އައުމުގެ މަސައްކަތަށް ސަގަރޭ ހުރަސް އަޅާއިފާވާކަމަށް ހެކިން ސާބިތުވާކަމަށް ވިދާޅުވެފައެވެ.
ސަގަރޭއާއި އޭނާއާއި އެކު ފޮންސެކާ މަރާލިކަމުގެ ކުށް ސާބިތުވި މީހުންނަށް ހުކުމް އިއްވާނީ ފަހުގެ ތާރީހެއްގައި ކަމަށް ގާޟީ ނިންމަވާފައިވެއެވެ.

ސަގަރޭ އަކީ ޑިޕްލޮމެޓެއް ނަމަވެސް މި ހާދިސާ ހިނގުމުން ވެނެޒުއޭލާއިން ވަނީ އޭނާއަށް ދީފައިވާ ޑިޕްލޮމެޓިކް އިމްތިޔާޒުތައް ހުއްޓާލާފައެވެ.

މި ލިއުމާއި ގުޅޭ