Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޝަހީމް އަލީ ސައީދު

މައްސަލައަކީ ބޭނުންވާ ހާލަތަކާއި ގުޅިގެން އެކްޓިވިސްޓް ސްޓައިލްއަށް ދީން ބޭނުންކުރާތީ: ޝަހީމް

މައްސަލައަކީ ދީނީ އިލްމުވެރިން ސިޔާސީވުން ނޫންކަމަށާއި މައްސަލައަކީ ބޭނުންވާ ހާލަތަކާއި ގުޅިގެން އެކްޓިވިސްޓް ސްޓައިލްއަށް ދީން ބޭނުންކުރާ މަދު ބަޔަކު ފާޅުވުމުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ ދީނީ އިލްމުވެރިން ސިޔާސީ މަސްރަހުގައި ތިބުމަކީ މުހިއްމު ކަމެއްކަމަށާއި މިހާރު ފެންނަ ދީނީ ބައެއް މީހުން އުޅެނީ ދީނީ ސިޔާސީ ސަޚްސިއްޔަތުން އުޅޭގޮތަކަށް ނޫންކަމަށެވެ.

"ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ދީނީ އިލްމުވެރިއެއް މައުމޫން އަބްދުލް ގައްޔޫމަކީ. އެމަނިކުފާނުގެ ބައެއް ކަންކަމާ ޚިޔާލު ތަފާތުވިޔަސް ރާއްޖޭގެ ވެރިކަމާ އެމަނިކުފާނު ހަވާލުވިއިރު ރާއްޖެ އޮތް ގޮތާ އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެ ވާސިލްކޮށްދެއްވިހިސާބު ވަރަށް ސާފު" ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވެއެވެ.

ޑރ. ޝަހީމް ވިދާޅުވީ މިއަދު ޖެހިގެން އުޅޭ މައްސަލައަކީ ދީނީ އިލްމުވެރިން ސިޔާސީވުން ނޫންކަމަށާއި މައްސަލައަކީ ބޭނުންވާ ހާލަތަކާއި ގުޅިގެން އެކްޓިވިސްޓް ސްޓައިލްއަށް ދީން ބޭނުންކުރާ މަދު ބަޔަކު ފާޅުވުމުންކަމަށެވެ. އެގޮތުން މީހުންނަށް އެއްޗެހި ގޮވުން ފިޔަވައި އެހެން ކަމެއް އެމީހުން ނުކުރާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"ގައުމު ހިންގުމަށް އިސްލާމްދީނުގައިވާ ހަރުދަނާ ސިޔާސީ އިޖުތިމާއީ އިގްތިޞާދީ ތައުލީމީ ބޯހިޔާވަހިކަންފަދަ ސިޔާސަތުގެ ވާހަކައެއް ނުދައްކާ މުޅިން މީހުން ގޯސް ވާހަކަ ދައްކަނީ. މިކަހަލަ ކަންކަން މިކުރަނީ، އަމިއްލަ ޕޮލިސީތަކުގެ ވާހަކަ ނުދައްކާ ތަސައްވަރެއް ނެތް" ޝަހީމް އިތުރަށް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީ އުފެދިގެން ގައުމީ ރަނގަޅު ކިތަންމެ ޚިދުމަތްތަކެއް އުފައްދަން މަސައްކަތް ކޮށްފައިވާކަމަށެވެ. އެގޮތުން އިސްލާމީ ފިޤްހް އެކަޑެމީ، އިސްލާމިކް ބޭންކް، ހައްޖު ކޯޕަރޭޝަން، ކޮލެޖު ޔުނިވަސިޓީ ފަދަ ތަންތަން ގާއިމުކުރުމުގައި އަދާލަތު ޕާޓީގެ ދަރިން ދައުރު އަދާކުރިކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.
ނަމަވެސް ފަހުން އަދާލަތު ޕާޓީ ހިޞާރު ކުރީ ދީނުގެ ނަމުގައި މަސައްކަތްކުރާ އެކްޓިވިސްޓް ބައެއްގެ ނުފޫޒުންކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ބިނާކުރަނިވި ވިސްނުން ދޫކޮށް ވެރިންނަށް ސަނާ ކިޔާ ސްޓައިލްގެ ދީނީ ވިސްނުން އުފެދުނުކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ޑރ. ޝަހީމް ވިދާޅުވީ އެކަމުގެ ނަތީޖާއަކީ 5 އަހަރުވީއިރުވެސް ހަރުދަނާކަމެއް ނުވުންކަމަށާއި އަދި ކުޑަމިނުން ފަތުވާ ކައުންސިލްވެސް މަރާލާފައިވާކަމަށެވެ.

މިކަންކަން ފާހަގަކުރައްވާ ޑރ. ޝަހީމް ވަނީ މިނިސްޓަރު އިމްރާން އަރިހުން ރާއްޖެއަށްޓަކާ އަދާލަތު ޕާޓީ ސާފުކޮށް އެޕާޓީ ގާއިމުކުރެވުނު އަސްލު ތަޞައްވަރަށް މިސްރާބު ހިފުމަށް ގޮވާލައްވާފައެވެ. އަދި އެއީ ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ