Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮނަލްޑް ޓްރަމްޕް

2 އަހަރަށްފަހު ޓްރަމްޕްއަށް ފޭސްބުކް ބޭނުންކުރުމުގެ ހުއްދަ ދީފި

ސޯޝަލް މީޑިއާ ކުންފުންޏެއް ކަމަށްވާ މެޓާގެ ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމް ތަކުން 2 އަހަރު ދުވަހު ސަސްޕެންޝަންގައި ހުރި ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރްމްޕްއަށް އެ ޕްލެޓްފޯމްތައް ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.

މެޓާގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޓްރަމްޕް ސަސްޕެންޑް ކުރެވުނީ، 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އެމެރިކާގެ ރިޔާސީ އިންތިހާބުގައި އޭނާ ބަލިވުމުން، އެ އިންތިހާބުގެ ނަތީޖާއަކީ މަކަރާއި ހީލަތުން ހޯދާފައިވާ ނަތީޖާއެއްކަމަށް ގޮވާލާ މީސް މީޑިއާގައި ދޮގު ހަބަރު ފެތުރުމުންނެވެ. އެ އިންތިހާބުގެ ނަތީޖާއާއި މެދު ދެކޮޅުހަދައި ޓްރަމްޕްގެ ސަޕޯޓަރުންވަނީ ޔޫއެސް ކެޕިޓޮލް ތެރެއަށް ގަދަކަމުން ވަދެގަނެފައެވެ. އަދި އޭނާގެ ޓްވީޓްތަކުގެ ސަބަބުން ގިނަ ބައެއްގެ ހިތުގައި ހަމަނުޖެހުން އުފެދި، މުޖުތަމައުއަށް ނުރައްކާވާވަރުގެ އަރައިރުންތަކެއްވަނީ އުފެދިފައެވެ.
މިދިޔަ ބުދަ ދުވަހު ޓްރަމްޕްގެ ސަސްޕެންޝަން ނެގުމުގެ ކުރިން މެޓާއިންވަނީ، ޓްރަމްޕްގެ ސަސްޕެންޝަން ނަގައިފިއްޔާ 2021 ޖަނަވަރީގައި އެމެރިކާ އޮތް ނުރައްކާތެރި ހާލަތައް ގޮސްދާނެ ކަމުގެ ފުރުސަތު އެބައޮތްތޯ ރަނގަޅަށް ބަލާފައެވެ. މުޖުތަމައުއަށް ނުރައްކާވާވަރުގެ ޝުއޫރުތަކާއި، ފިކުރުތައް މިހާރު މީޑިއާ ތެރޭގައި ދައުރުނުވާކަމަށް ނިންމާފައިވެއެވެ.
ނަމަވެސް އެ ކުންފުނިން މިހާރުވަނީ އިތުރު ފިތްތުންތަކަކާއި، ދެވަނަ ފަހަރަށް މުޖުތަމައުއަށް ނުރައްކާވާ ކަހަލަ ދޮގު ވާހަކަ ފަތުރާ މީހުންނަށް ލިބޭ ޕެނަލްޓީތައް އިތުރުކޮށްފައެވެ. ދެވަނަ ފަހަރަށް ފިތުނަ ފަސާދަ ފެތުރޭ ކަހަލަ ވާހަކަ ސޯޝަލް މީޑިއާގައި ދައްކާ މީހުންނަށް 1 މަހާއި 2 އަހަރާއި ދެމެދުގެ ސަސްޕެންޝަނެއް ލިބޭނެއެވެ.

ފޭސްބުކް އަދި އިންސްޓަގްރާމް ބޭނުންކުރުން މަނާކުރެވުނު ފަހުން، ޓަރްމްޕްވަނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ހަދާފައެވެ. "ޓްރުތު ސޯޝަލް" ނަމަކަށް ކިޔާ އެ ޕްލެޓްފޯމްގައި، އޭނާ އަނބުރާ ފޭސްބުކް އަދި އިންސްޓަގްރާމްއަށް ވަނުމުގެ ހުއްދަ ދިނުމާއި ގުޅިގެން، " ސިޓިންގް ޕްރެސިޑެންޓްއަކަށް އެވަރުކަމެއް ވެގެން ނުވާނެ. އަދި އެހެން މީހަކަށްވެސް ވެގެން ނުވާނެކަމެއް އެއީ" އެކަމާއި ދެކޮޅުހަދާ އޭނާ ބުންޏެވެ.

މި ލިއުމާއި ގުޅޭ