Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫގެ މިއަހަރު ކަލަންޑަރު ޚާއްސަ ކުރީ ދަނޑުވެރިކަމަށް

ދަނޑުވެރި ކަމަށް ޚާއްސަކޮށް އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ތައްޔާރުކުރި ކަލަންޑަރު މިއަދު އިފްތިތާހުކޮށްފިއެވެ.

މި ކަލަންޑަރަކީ އެކުންފުނީގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާފައިވާ "ގްރޯ ވިތު އުރީދޫ" ކެމްޕެއިންގެ ދަށުން އުރީދޫ އިން ތައްޔާރުކުރި ކަލަންޑަރެކެވެ.

މި ކަލަންޑަރާ ގުޅޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ ކަލަންޑަރު ތައްޔާރުކުރުމުގައި މި އަހަރު ޚިޔާރު ކުރި ތީމަކީ ރާއްޖޭއާ ގުޅޭ، މުހިންމު ތީމެއް ކަމަށާއި ކުރީގެ ކަލަންޑަރުތަކުގައި ހިމަނާފައިވާ އޭއާރު ފީޗާއަށް ވުރެ މި އަހަރުގެ ކަލަންޑަރުގެ އޭއާރް ފީޗާ އާއި ތްރީޑީ ކޮލިޓީ ރަނގަޅުވާނެ ކަމަށެވެ.

މިއަދު ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫއިން ވަނީ އެކުންފުނިން ފަށާފައިވާ "ގްރޯ ވިތް އުރީދޫ" ކެމްޕެއިންގެ އެމްބަސަޑަރު ކަމަށް ރާއްޖޭގެ ޒުވާން ދަނޑުވެރިޔާގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ސ. މީދޫ އަބްދުﷲ ރަމްޒީ ހަސަން ކަނޑައަޅައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން "ގްރޯ ވިތް އުރީދޫ" ކެމްޕެއިންގެ އެމްބަސަޑަރުކަމަށް ހަމަޖެއްސި ރަމްޒީ ބުނީ އުރީދޫއާ އެކު އާ ޓެކްނޮލަޖީގެ އެހީގައި ރާއްޖޭގެ ދަނޑުވެރިކަމަށް އުފެއްދުންތެރި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ދަނޑުވެރިކަމަށް އާއްމުން ހޭލުންތެރިކޮށް، ދަނޑުވެރިކަމާ މެދު ޒުވާނުން ދެކޭ ގޮތް ބަދަލުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އުރީދޫއިން މިއަހަރަށް ނެރުނު ހިއްގައިމު ކަލަންޑަރުގައި ރާއްޖޭގައި އާއްމުކޮށް ހައްދާ 12 ވައްތަރެއްގެ ގަހުގެ ފޮޓޯ އާއި މައުލޫމާތު ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ފެޝަންފުރުޓް އާއި ކަރާ، ގިތެޔޮ މިރުހުގެ އިތުރުން އަސުރުމާ، ސައިމާ އަދި ދެތަނޑިމާ ފަދަ ހިތްގައި މާގަސްތައް ހިމެނޭ އިރު، މި ކަލަންޑަރު އެންމެ ހާއްސަވަނީ އެ 12 ބާވަތުގެ ގަސް ހައްދަން ބޭނުންވާ މުޑުވަކުގެ އޮށުގެ ޕަކެޓް، ކަލަންޑަރާއެކު ހިމަނާފައިވެއެވެ. އަދި ގޭގައި ގަސް ހައްދަން ލޯބި ކުރާ ފަރާތްތަކަށް ގަސް އިންދުމަށް މި ކަލަންޑަރުގައި ވަނީ ހިތްވަރުދީފައެވެ.

އަހަރުގެ ކޮންމެ މަހަކަށް ވަކި ބާވަތެއްގެ ގަހެއް ކަނޑައަޅާފައިވާ އިރު، އެ މުޑުވައްކުރާނެ ކުޑަ ޕޮޓުވެސް ހިމަނާފައިވެއެވެ. އޭގެ އިތުރުން އެއިން ކޮންމެ ބާވަތެއްގެ ގަސް މުޑުވައް ކުރާނެ ގޮތުގެ މައުލޫމާތު ހިމަނާފައިވާ ޕޭޖަށް ދެވޭ ކިއުއާރު ކޯޑެއް ހިމަނާފައިވާ އިރު، ސްނެޕްޗެޓުގެ އޭއާރު ފީޗާ މެދުވެރިކޮށް ކަލަންޑަރުގެ ތްރީ ޑީ ޑިޒައިންވެސް ބަލައިލެވޭނެއެވެ.

މި ލިއުމާއި ގުޅޭ