Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

މާލެއިން ގޯތި ދޭ އުސޫލުގެ މައްސަލަ ސްޕްރީމް ކޯޓަށް!

މާލޭ މީހުންނަށް, މާލެ ސަރަހައްދުން ގޯތި ދޭން ނިންމާފައިވާ އުސޫލު ބާތިލްކުރުމަށް ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމާ ބެހޭގޮތުން ހައުސިން މިނިސްޓްރީން އެކުލަވާލި އުސޫލުގައި މާލޭގެ ރައްޔިތެއް ކަމުގައި ބަލާނެ މިންގަނޑު ބާތިލު ކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ގާނޫނީ ވަކީލު ހުސައިން ޝިހާދު އާއި ހަސަން ފަލާހްއެވެ.

ނަމަވެސް ހައި ކޯޓުން މިދިޔަ މަހު ނިންމާފައިވަނީ އެއީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް އެ ދެ ބޭފުޅުންގެ ފަރާތުން މިހާރު ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް މާލެ ސަރަހައްދުން 3،000 ގޯތި ދޫކުރުމުގައި މާލޭ މީހުން ކަމަށް ބަލާނެ މިންގަނޑެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅީ އެއްވެސް އިރަކު މާލެ ފިޔަވައި އެހެން ސަރަހައްދެއްގައި ރަޖިސްޓްރީވެފައި ނެތުމެވެ. ނަމަވެސް ފަހުން އެ އުސޫލަށް ބަދަލު ގެނެސް، ކުރިން އެހެން ތަނެއްގައި ރަޖިސްޓްރީ ވިޔަސް މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާ އަދި އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ އެއީ މާލޭ މީހުން ކަމުގައި ބަލާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ލިއުމާއި ގުޅޭ