Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޓަލީ

އިޓަލީގެ އެންމެ ނުރައްކާތެރި މާފިއާ ބޮސް އަތުލައިގަތް ގޮތް ހާމަކޮށްފި

30 އަހަރަށް ފަހުގައި، މިމަހު 1 6ވަނަ ދުވަހު ހޯދައި ހައްޔަރުކުރި އިޓަލީގެ އެންމެ ނުރައްކާތެރި މާފިއާ ބޮސް މެސީނާ ޑިނޭރޯ ހޯދި ގޮތް އިޓަލީގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ޑިނޭރޯ މިއަހަރު ހޯދުމުގެ ކުރިން އޭނާގެ ހިލަމެއް ވެފައިވަނީ 1993 ގައެވެ. އެއަހަރުގެ ފަހުން އޭނާ ހުންނަގޮތަކާއި، އުޅޭތަނެއް ނޭންގުމުން އޭނާ ހޯދުން ވެގެންދިޔައީ ވަރަށް ދަތިކަމަކަށެވެ.

މިގޮތުން، "އޮމެރްޓާ"، ނޫނީ ހަނުހުރުމުގެ އުސޫލަކީ އިޓަލީގެ މާފިއާ މީހުން ވަރަށް ފުންކޮށް ގަބޫލްކޮށް، އެއަށް ތަބާވާ އުސޫލެކެވެ. ހުޅަނގު ސިސިލީގައި އުޅޭ އޭނާގެ ޖަމާއަތުގެ މީހުންގެ ހިތުގައި ޑިނޭރޯއަށްޓަކައި އޮތް ވަރުގަދަ ވަފާތެރިކަމުގެ ސަބަބުން އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ހޯދުމުގައި ވަރަށް ބުރަ ފިޔަވަޅުތައް އަޅަން ޖެހުނެވެ.

"އޭނާ ހޯދުމަށް ހައްޔަރުކުރި 200 މީހުންގެ ތެރެއިން އެއްވެސް މިންވަރެއްގެ މައުލޫމާތެއް ލިބުނީ އެންމެ މީހެއްގެ ފަރާތުން"، 1996އިން 2008 ވަންދެން ޑިނޭރޯ ހޯދުމުގައި މަސައްކަތްކުރި ޕްރޮސިކިއުޓަރެއް ރޮއިޓަރސްއަށް މައުލޫމާތު ދެމުން ބުންޏެވެ.

މިފަހުން އޭނާ ހައްޔަރުކުރަމަށް މަގުފަހިވެގެން ދިޔަ ސަބަބަކީ، އޭނާއަށް ކެންސަރު ޖެހިފައިވާ މައުލޫމާތު އެގައުމުގެ ފުލުހުންނަށް ލިބުމުންނެވެ. އެއީ ޑިނޭރޯގެ އާއިލާ މެމްބަރުންގެ ފޯނުތައް ބަގުކޮށް، ފުލުހުންގެ އިންޓެލިޖެންސަށް އެ މައުލޫމާތު ލިބިގެންނެވެ.

އެ މައުލޫމާތު ލިބުމުން ފުލުހުންވަނީ މުޅި ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލްތަކުގެ ކެންސަރު ޕޭޝަންޓުންގެ ރިކޯޑްތައް ބަލާފާސްކޮށްފައެވެ. ފާސްކުރުމުގެ ތެރެއިން ފުލުހުންނަށް ފެނުނީ، އެންޑްރިއާ ބޮނަފީޑް ކިޔާ މީހެއް ސިސިލީގެ ހުޅަނގުގެ ހޮސްޕިޓަލެއްގައި ސާޖަރި ހަދައިފާވާކަމެވެ. ނަމަވެސް، އެ ސާޖަރީ ކުރިއަށް ދިޔަ ވަގުތުގައި، އެންޑްރިއާ ގެ ފޯނު ރަށުގެ އެހެން ހިސާބެއްގައި އެކްޓިވް ވެފައިވާކަމަށް ފުލުހުންނަށް ފެނިފައިވެއެވެ.
ޑިނޭރޯ ފަރުވާ ހޯދަމުންއައީ އެހެން މީހެއްގެ ނަންމަތީގައިކަމުގެ ޝައްކަށް ބިނާކޮށް، ފުލުހުންވަނީ އެ ޕޭޝަންޓްއަށް ފާރަލާން ފަށާފައެވެ. އަދި ޖަނަވަރީ 16 ވަނަ ދުވަހު، ޕަލޭރމޯގައި ކީމޮތެރަޕީ ފަރުވާ ލިބުމަށް ހަމަޖެހިފައިވާކަމަށް ފުލުހުންނަށް ހަބަރުލިބުނެވެ.
އޭނާ ކުލިނިކަށް ދިޔަ ގަޑިއާއި ދިމާކޮށް ފުލުހުންވަނީ އެތަން ވަށާލާ، ފިލައިގެން ނުދެވޭގޮތަށް ތަން ބައްދާލާފައެވެ. ޑިނޭރޯ ހައްޔަރު ކުރި ވަގުތު އޭނާއަކީ ޑިނޭރޯކަމަށް އެއްބަސްވެފައިވެއެވެ.

"އަހަރެމެން ދަމަހައްޓާ އުސޫލު އަދިވެސް އެބަހުރި"، ޑިނޭރޯ ބުނެފައިވާކަމަށް އޭނާ ހައްޔަރު ކުރުމުގައި ހަރަކާތްތެރިވި ފުލުހަކު ބުންޏެވެ. އޭނާ އެ ރިއާޔަތް ކުރާ އުސޫލަކީ، އިޓަލީ މާފިއާގައި ވަރަށް މުހިއްމު އުސޫލެއް ކަމަށްވާ ހަނުހުރުމުގެ އުސޫލެވެ. އެއީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް، ނޫނީ އޭނާގެ ޖަމާއަތާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ހާލަތެއްގައި ހިއްސާނުކުރާނެކަމުގެ އުސޫލެވެ.

އިޓަލީ ފުލުހުންވަނީ އެންޑްރިއާ ބޮންފީޑްވެސް ވަނީ ހައްޔަރުކޮށްފައެވެ. ޑިނޭރޯ ވަރަށް ކުޑައިރުއްސުރެން ދަންނަކަމަށާއި، އަދި އޭނާއަށް ފްލެޓެއްވެސް ގަނެދިންކަމަށް ބޮނަފީޑްވަނީ އެއްބަސްވެފައެވެ.

ޕާލެރމޯގެ އެންމެ އިސް ޕްރޮސިކިއުޓާ މޯރީޒިއޯ ޑި ލޫސިއާ ވިދާޅުވާގޮތުގައި، ޑިނޭރޯއަށް އެހީވެދިން މީހުންގެ ނެޓްވޯކް ވަރަށް ފުޅަލެވެ.
"އޭނާގެ ބާރުގެ ދަށުގައިވާ ސަރަހައްދު ވަރަށް ބޮޑު. ގިނަ ޕްރޮފެޝަނަލުންނާއި އެކިއެކި ކުންފުނިތަކުގެ ހިމާޔަތް އޭނާއަށް ލިބުންކަމަށް ބެލެވޭ"، ލޫސިއާ ވިދާޅުވިއެވެ.

ޑިނާރޯއަށް އެހީވެ، އޭނާ ފޮރުވުމުގެ ދައުވާގައި ތަހުގީގު ކުރެވެމުން އަންނަ މީހުންގެ ތެރޭގައި އޭނާގެ ޑޮކްޓަރު، އަލްފޮންސޯ ޓުމްބަރެލޯ ހިމެނެއެވެ.

ޑިނޭރޯ އަކީ ނުރައްކާތެރި އެތައް ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތުގައި އޭނާގެ ޣައިރު ހާޒިރުގައި ހުކުމް ކުރެވިފައިވާ ފަރާތެކެވެ. އަދި އޭނާ އަކީ އިޓަލީގެ އެންމެ ފަހުގެ މާފިއާ ބޮސް ކަމަށް އިޓަލީގެ މީޑިއާތަކުން ބުނެއެވެ.

މި ލިއުމާއި ގުޅޭ