Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެންވިރަމެންޓް ޕްރޮޓެކްޝަން އެޖެންސީ

ކ.ވާވެއްދިފަރަށް ގެއްލުން ދިނުމުން 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ކ. ތިލަފުށީ ކައިރީގައި އޮންނަ އެ އަތޮޅު ވާވެއްދިފަރަށް ބާޖަކާއި ޓަގު ބޯޓެއް އެރި މައްސަލައިގައި އެ އުޅަނދުތައް ނިސްބަތްވާ ކުންފުނި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އިންޑިއާ އިން ރާއްޖެއަށް ހިލަ ގެންނަ "އޭއެމް އަލްޕިޓް" ޓަގާ އެކު ދަތުރުކުރާ "އާގަމް" ނަމަކަށް ކިޔާ ބާޖު ވާވެއްދިފަރަށް އެރީ މިދިޔަ އަހަރުގެ ޖުލައި 23 ގަ އެވެ.
އެ މައްސަލައާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 100 މިލިއަން ރުފިޔާއިން އެ އުޅަނދުތަކުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ޖޫރިމަނާ ކޮށްފައިވަ ކަމަށެވެ.
އަދި ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ފަރާތަށް އަންގާފައި ވާ ކަމަށް އީޕީއޭއިން ބުންޏެވެ.
ވާވެއްދި ފަރަށް އެރި އެ ދެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭއިން ސާވޭ ފެށީ ނިމިދިޔަ އޮގަސްޓު މަހުގެ 13 ގަ އެވެ. އެގޮތުން، ބެލި ބެލުމުގައި އެ ފަރުގެ 3926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން އީޕީއޭގެ ބަޔާނުގައި ބުންޏެވެ.
އެ ގެއްލުންތަކުގެ ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ އީޕީއޭ އިން ބުނި ގޮތުގައި 148 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް، ގާނޫނުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ ބޮޑު އަދަދަކީ 100 މިލިޔަން ރުފިޔާ ކަމަށް ވާތީ އެ އަދަދުން ޖޫރިމަނާ ކުރީ އެވެ.
މި ލިއުމާއި ގުޅޭ