Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަޕާން

ޖަޕާނުގައި ކާގޯބޯޓެއް އަޑިއަށް ގޮސް ގިނަ ބަޔަކު ގެއްލިއްޖެ

ޖަޕާނު ކަނޑުގެ ދެކުނު-ހުޅަނގުން ކާގޯ ބޯޓެއް އަޑިއަށް ގޮސްގެން އޭގައި ތިބި 22 މީހުންގެ ތެރެއިން 18 މީހުން ގެއްލިއްޖެއެވެ.

އެގައުމުގެ ކޯސްޓްގާޑުން ބުނާގޮތުގައި، އަޑިއަށްދިޔަ ބޯޓަކީ ޖިންޓަން ނަމަކަށް ކިޔާ 6651 ޓަނުގެ ކާގޯބޯޓެކެވެ. ބޯޓު އަޑިއަށް ދިޔަވަގުތު އޭގައި ތިބީ ޗައިނާގެ 14 ރައްޔިތުންނާއި އަދި، މިޔަންމާގެ 8 ރައްޔިތުންނެވެ.

އަންގާރަ ދުވަހުގެ ރޭގަނޑު 11:15ގައި އެބޯޓުގެ އެސްއޯއެސް ސިގްނަލެއް ކޯސްޓްގާޑަށްވަނީ ލިބިފައެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ ޖަޕާނުގެ ދެކުނު-ހުޅަނގުގައި އޮންނަ ޑޭންޖޯ ރަށްތަކުގެ ހުޅަނގުން 110 ކިލޯމީޓަރު ބޭރުންނެވެ.

އެ ގައުމުގެ ކޯސްޓްގާޑުންގެ ތަރުޖަމާނަކަށް ހަވާލާދީ އޭއެފްޕީ ނިއުސްއިން ބުނެފައިވާގޮތުގައި ގެއްލިގެން އުޅޭ 18 މީހުން ހޯދުމުގައި ހަރަކާތްތެރިވުމަށް އިތުރު 2 ސަލާމަތީ ބޯޓެއް އެސަރަހައްދަށް ދިއުމަށް މިހާރު ވަނީ ފުރާފައެވެ. މީގެ އިތުރުން، މިހާރު މަތިންދާބޯޓެއް އެތަނަށް ގޮސްފައިވާކަމަށް، ނަންހާމަނުކުރާކަމުގެ މަތިން، ހާދިސާގެ ތަފްސީލް ފޯރުކޮށްދިން ކޯސްޓްގާޑުންގެ ތަރުޖަމާން ބުނެފައިވެއެވެ.

"4 ޗައިނާ ރައްޔިތުން މިހާރުވަނީ ސަލާމަތްކޮށްފަ. ބާކީތިބި 18 މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އޭނާ ބުންޏެވެ.

މި ހާދިސާ ހިނގައިފާވަނީ މުޅި ޖަޕާނަށް ސްނޯ ވެހެން ފަށްޓާފައިވާ ދުވަސްކޮޅެއްގައެވެ. އެ ފިނި މޫސުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ދަތިވާވަރަށް ބޯކޮށް ސްނޯ އެއްވެފައިވެއެވެ. އަދި ބޯޓު އަޑިއަށް ދިޔަ ހިސާބުގެ ކައިރީގައިވާ ޑޭންޖޯގެ ބައެއް ރަށްތަކުގައި ފިނިމިން އުޅެނީ 3 ޑިގްރީ ސެލްސިއަސްގައެވެ. ގަދަ ފިނީގެ މޫސުމާއި ގުޅިގެން ކޯސްޓްގާޑުންގެ ސަލާމަތީ އުޅަނދުތަކަށް އެހިސާބަށް ފޯރުންވަނީ ބުރަކަމަކަށްވެފައެވެ.

މި ލިއުމާއި ގުޅޭ