Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އިބްރާހީމް އެންމެ ކޯފާވަނީ "ޗޯރު އިބޫ" އޭ ގޮވުމުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް ކޯފާވެވަޑައިގަންނަވަނީ އެމަނިކުފާނާ ދިމާލަށް "ޗޯރު އިބޫ" އޭ ގޮވުމުން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފަހަކަށް އައިސް އިދިކޮޅު މުޒާހަރާތަކުގައި ރައީސް އިބްރާހީމަށް ނިސްބަތްކޮށް "ޗޯރު އިބޫ"، "އިބޫ ޗޯރު"، "ޗޯރު އިބްރާހީމް" ފަދަ ނަންތައް ގޮވައެވެ. އަދި އެމަނިކުފާނު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު ރަށްތަކުން އެއްވާ މީހުންވެސް ހަމަ އެގޮތަށް ގޮވައެވެ.

ރައީސް އިބްރާހީމް އއ. މަތިވެރިއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައިވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެއްވެ "ޗޯރު އިބޫ" އޭ ގޮވާފަައެވެ. އެކަމާ ގުޅިގެން އެމަނިކުފާނު ވަރަށް ކޯފާވެވަޑައިގަތްކަމަށް މައުލޫމާތު ލިބެއެވެ. މިގޮތުން އެރަށުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް ވަނީ އިދިކޮޅު މުޒާހަރާތައް ހުއްޓުވާލާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ރައީސް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ ހައްގު ބޭނުންކޮށްގެން މީހަކު ފާޅުކުރާ ޚިޔާލަކީ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވައިލާ އެއްޗަކަށް ވެގެންނުވާނެ ކަމަށެވެ. އެހިސާބަށް ކަންކަން ގޮސްފިނަމަ ވެރިކަމުގައި ތިބި ބަޔަކު އެކަމަށް ވިސްނަން މަޖުބޫރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެ ބޭނުން ހިފާއިރު ވިސްނަން ޖެހޭނެ ތިމާ ފާޅުކުރާ ހިޔާލެއް ނޫނީ އުފުލާ އަޑެއްގެ ނަތީޖާއަކަށް ނުވާނެ ޖެހިގެން ހުންނަ މީހާ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށެއް. އެހިސާބަށް ގޮސްފިއްޔާ އެއާ ދޭތެރޭ ދެން ޖެހޭނީ ވެރިކަމުގައި ތިބި ބަޔަކު ވިސްނާން،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މާލެ ސިޓީ އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަން ފެއްޓެވުމާއި އެކު އެރޭ އެ ސަރަހައްދަށް އެއްވެ ތިބި އިދިކޮޅު ފަރާތްތަކުން ވަނީ އެއް އަޑަކުން "ޗޯރު އިބޫ" އޭ ގޮވާފައެވެ. އެރޭވެސް އެމަނިކުފާނު ހުންނެވީ ވަަރަށް ބޮޑަށް ކޯފާވެފައެވެ.

ޕީޕީއެމް ސަޕޯޓަރުންގެ އިތުރުން، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުންވެސް މިހާރު ދަނީ ސޯޝަލް މީޑިއާގައިވެސް ރައީސް އިބްރާހީމަށް ނިސްބަތްކޮށް "ޗޯރު އިބޫ" ފަދަ ނަންތައް ބޭނުން ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ