Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އިބްރާހީމްގެ ކެމްޕެއިނުން ބަހާ ފައިސާގައި ހިފުމަށް ނަޝީދު އެދިވަޑައިގެންފި

މިހާރު ކުރިއަށް ދާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ފައިސާ ބަހާނެ ކަމަށާއި އެ ފައިސާގައި ހިފުމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އައްޑޫ ސިޓީގެ މަރަދޫގައި އޮތް ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވޯޓު ގަންނަން އެމަނިކުފާނުގެ ވާދަވެރިން ފައިސާ ބަހާނެ ކަމަށެވެ. އަދި އެ ފައިސާގެ ދެބައިކުޅަ އެއްބައިގައި ނަމަވެސް ހިފުމަށް ނަޝީދު އެދިވަޑައިގަތެވެ.

މިގޮތުން ވޯޓު ގަންނަން 10،000 ރުފިޔާ ހުށަހަޅާނަމަ އެ އަދަދު 20،000 ރުފިޔާއަށް އިތުރުކޮށް އެ ނެގުމަށްފަހު އޭގެ 50 އިންސައްތަ ރިޔާސީ އިންތިހާބަށް ބެހެއްޓުމަށް އެދިވަޑައިގަތެވެ.

"ތި ބޭފުޅުން އެ ފައިސާ ނަންގަވައި، ހުރިހާ ބޭފުޅުން. ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތުގައި އަޅުގަނޑު މި ވާހަކަ ދަންނަވަން ބޭނުން އަދި ހާއްސަކޮށް މި ވަގުތު އެމްޑީޕީ މެމްބަރުން ކައިރީގައި. ކަޅު ދަބަސް ހިފައިގެން، އަޅުގަނޑު ނަންތައް ދަންނަވާކަށް ނެތިން، ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތި ބޭފުޅުންގެ ރަށުގައި ފައިސާ ބަހަން އުޅެނީ ކާކުތޯ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރަައީސް އިބްރާހީމްގެ ކެމްޕެއިނުގެ ފަރާތުން ވޯޓަށް ނުފޫޒު ފޯރުވަން ފައިސާ ބަހަމުންދާކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. އަދި އިންތިހާބާ ދިމާކޮށް އެތައް ސަތޭކަ ވަޒީފާ ސަރުކާރު ކުންފުނިތަކުން ވަނީ އުފައްދާފައެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ، ރައީސް އިބްރާހީމް ކެމްޕެއިނުތަކުގައި މޮޅުވަނީ އަބަދުވެސް ފައިސާގެ ބާރުންކަމަށް ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ