Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ޕީއެސްއެމްގެ ޒިންމާ ފުރިހަމަ އަށް އަދާ ކުރުމަށް އިދކޮޅުން ގޮވާލައިފި

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދޭކަމަށާއި، އެހެން ކަމުން އެކުންފުނީގެ ޒިންމާ ފުރިހަމަ އަށް އަދާ ކުރުމަށް އިދކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން ގޮވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މިއަދު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އާއި އެ ކުންފުނީގެ ބައެއް އިސްވެރިންނާ ބައްދަލުކޮށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި، ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅަށް ހަމަހަމަ ކަމާއެކު ފުރުސަތު ނުލިބޭ ކަމާއި ޚަބަރުތަކުން ފުރުސަތު ނުލިބޭ މައްސަލަ ފާހަގަކުރި އެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ވަކި ޕާޓީއެއް ޕްރޮމޯޓު ކުރުމާއި ޕާޓީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ކަންކަން ވެސް ދައުލަތުގެ މީޑިއާ އިން ޕްރޮމޯޓު ކުރަމުންދާ ކަމަށާއި ރައީސްގެ ކެމްޕެއިނަށް ޕީއެސްއެމްގެ މުއައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރާ މައްސަލަ ވެސް ލީޑަޝިޕުން ފާހަގަކޮށްފައިވާކަމަށެވެ.

ޕީޕީއެމާއި ޕީއެންސީން ވަނީ ސަރުކާރުގެ ސިޔާސަތުތަކާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުގެ ބަހެއް ހޯދުމަށާއި އެ ފަރާތްތަކުގެ ޚަބަރުތައް ގެނެސްދިނުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ޕީއެސްއެމްގެ ޒިންމާ ފުރިހަމަ އަށް އަދާ ކުރުމަށް ވެސް އެ ފަރާތްތަކުން ގޮވާލި އެވެ.

ރައީސް އޮފީހުން ދައުލަތުގެ މީޑިއާ ކޮންޓްރޯލް ކުރާ ކަމުގެ ޝަކުވާ މި ވެރިކަން ފެށުނީއްސުރެ އިދިކޮޅު ފާރާތްތަކުން އަންނަނީ ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ