Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

އައްޑޫއިން ގޯއްޗަށް ކުރިމަތިލާން ދަންވަރު ހުޅުވާލުމުން ނަޝީދު ސިފަކުރެއްވީ ވަރަށް ހުތުރުކަމެއްގެ ގޮތުގައި

އައްޑޫ ސިޓީއިން ގޯއްޗަށް ކުރިމަތިލާން ދަންވަރުގެ ވަގުތެއްގައި ހުޅުވާލުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކަން ވަރަށް ބޭއަދަބީ ކަމެއްގެ ގޮތުގައި ސިފަކުރެއްވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ރޭ ދަންވަރު އެސިޓީގެ ތިން ރަށަކުން 500 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވައިލައިފައެވެ. މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފޭދޫގައި ދިރިއުޅޭ އެމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދަންވަރު ކުރަން ޖެހެނީ ވަކި މަސައްކަތްތަކެއް ކަމަށެވެ. އަދި ދަންވަރު އޮފީސް ހުޅުވައިގެން ގޯތި ދޫކުރުމެއް، އެ ކަމުގެ ތެރޭގައި ނުހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާތު މާމަމެން އަބަދު ވެސް ބުނޭ ދަންވަރު ކުރާނީ ފޮއްޓެއް ފަޅާލުމުގެ މަސައްކަތޭ. ރޭ ދަންވަރު ހަތަރު ދަމު ދާ ފަހުން ގޯއްޗަށް އިއުލާނުކުރުމަކީ ކަޑަ ޖެހުމުގެ އިތުރު މަރުހަލާއަކަށް ގޮސްފައިވާ ކަމަށް އެންމެން ވެސް ހިތަށް އަރާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ރޭ ދަންވަރު 12:30 ގައި، ފޭދޫން 1,500 އަކަފޫޓޫގެ 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 2,000 އަކަފޫޓުގެ 100 ގޯތި ދޫކުރަން ހުޅުވާލައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުން އެ ގޯތިތަކުގެ 90 ޕަސެންޓު ދޫކުރާނީ އެ ރަށެއްގެ މީހުންނަށެވެ. ބާކީ 10 ޕަސެންޓު ދޭން ހަމަޖައްސާފައިވަނީ އެހެން ރަށްރަށުގެ މީހުންނަށެވެ. އެކަމަށް އެދޭ ފޯމު އަންނަ މަހުގެ 2 އިން 16 އާ ހަމައަށް ބަލައިގަންނާނެ ކަމަށް އެކައުންސިލުން ބުނެފައިވެ އެވެ.

މިކަމަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ އިންތިހާބަކާ ދިމާކޮށް އެ ގޯތިތައް ދޭ ކަމަށާއި ނަމަވެސް އެ ގޯތި އަދި ހުރީ ކަނޑު އަޑީގައި ކަމަށެވެ.
މި ލިއުމާއި ގުޅޭ