Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް 10 ފަރާތަކުން ކުރިމަތި ލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފައިވާ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އެމަގާމަށް ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރޭގައި ވަކީލުންގެ އިތުރުން މެޖިސްޓްރޭޓުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެގޮތުން ކްރިމިނަލް ކޯޓަށް ކުރިމަތިލެއްވި ފަނޑިޔާރުންނަކީ:


  • 1- މުހައްމަދު އިހުސާން- ނޫރުވާދީ/ ކ. ތުލުސްދޫ
  • 2- މުހައްމަދު ސަމީރު- ހިތްވަރު/ ރ. އިނގުރައިދޫ
  • 3- އަހުމަދު ރިފްޝާން- ކަޝްމީރުގެ/ ސ. ފޭދޫ
  • 4- އިބްރާހިމް އިހުސާން- އެށެވެލި/ ސ. މަރަދޫ
  • 5- އުއްމުކުލްސޫމް އަބޫބަކުރު- ރަނައުރާގެ/ ބ. އޭދަފުށި
  • 6- ރަފީއުއްދީން އަހުމަދު- ސްނޯޑްރޮޕް/ ސ. ހިތަދޫ
  • 7- އަހުމަދު އާދަމް- އެތުމާ/ ގއ. ގެމަނަފުށި
  • 8- ހުސައިން ސާލިމް- އާރު/ ހއ. މާރަންދޫ
  • 9- ސިޔާމް މުހައްމަދު- މާލެ ދަފްތަރު ރސ 131914
  • 10- އިބްރާހިމް ޒިހުނީ- ބިއްލޫރިޖެހިގެ/ ގއ. ނިލަންދޫ

ކްރިމިނަލް ކޯޓުގައި 9 ފަނޑިޔާރުން ތިއްބަވާއިރު، އެކޯޓަށް ދެން ނަގަން ހަމަޖެހިފައިވަނީ ދެ ފަނޑިޔާރުންނެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭނެ އެވެ.

ކްރިމިނަލް ކޯޓަކީ ނިސްބަތުން އެންމެ ގިނަ މައްސަލަތައް ބަލާ ކޯޓެވެ. އެއާއެކު މައްސަލަތައް ނުބެލި ދިގުލައިގެންދާ ކަމުގެ ޝަކުވާ ވަރަށްގިނައިން އަޑުއިވެއެވެ.

މި ލިއުމާއި ގުޅޭ