މާލޭގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލު ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މީހަކު ޒަޚަމްކޮށްފިއެވެ.
އެ ހާދިސާގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ ޣިޔާސުއްދީން ސުކޫލު ކައިރިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:10 ހާއިރު ކަމަށެވެ.
ތޫނު އެއްޗަކުން ދިން ހަމަލާގައި ޒަޚަމްވި މީހާއަށް އިންދިރާ ގާންދާ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.