Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވިއަން

ފެބުރުއަރީ 22ގެ ފަހުން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުން ބަލައިނުގަންނާނެ!

އަންނަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ފަހުން، މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް އެތެރޭގެ އުދުހުންތަކުގައި ބަލައިނުގަންނާނެކަމުގައި މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލިސްޑިވިއަނުން ބުނީ އެތެރޭގެ އުދުހުންތަކަށް ޕާސްޕޯޓާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވާކް ވިސާ ކާޑާއި ލައިސަންސް ކާޑާއި އެއާޕޯޓް ސެކިއުރިޓީ ފާހާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަމްބަރުޖެހި ރަސްމީ ލިޔުންތަކުގެ ތެރެއިން އަންނަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބަލައިގަންނާނީ މުއްދަތު ހަމަ ނުވާ ލިޔުންތައް އެކަނިކަމަށެވެ.

މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ލިޔެކިޔުންތައް އަދި އެ ނޫންވެސް އެއްޗެހި އިދާރާތަކުން ބަލައިގަންނަން ފެށި ކޮވިޑާއި ގުޅިގެންނެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޑިފެންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ ކޮވިޑާއި ގުޅިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި އެނޫންވެސް ލިޔެކިޔުން ބަލައިގަންނަ ގޮތަށް ގެނައި ބަދަލު އަންނަ ފެބްރުއަރީ މަހުގެ 22 އިން ފެށިގެން ބާތިލުވާނެކަމަށެވެ.
މި ލިއުމާއި ގުޅޭ