ހޭވެރިކަންނުވާވަރަށް މި ސަރުކާރުގެ ވެރިންގެ ޙާލަތު ގޯސްވީމައި ރިއެކްޓެއް ނުކުރެވޭނެކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގައި ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ސަރުކާރަށް ފާޑު ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ މަހަރަޝްތުރާ އިންފޮމޭޝަން ސެންޓަރުން މާލޭގެ ފޮޓޯއެއް ހިއްސާކޮށް އެއީ އިންޑިއާގެ ރަށެއްކަމަށް ދައުވާކުރި މައްސަލާގައި ސަރުކާރުގެ ބަހެއް ނެތްކަމަށް "ދިޔަރެސް"އިން ރިޕޯޓުކުރުމާއި ގުޅިގެންނެވެ.
ސައީދު ވިދާޅުވީ މިފަދަ ކަންކަމަށް ސަރުކާރުން ބަހެއް ނުބުނާނެކަމަށާއި ހޭވެރިކަން ނުވާވަރަށް މި ސަރުކާރުގެ ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު އަދި ރައީސުލްޖުމުހުރިއްޔާގެ ޙާލަތު ގޯސްވީމަ ރިއެކްޓެއް ނުކުރެއްވޭނެކަމަށެވެ.
ސައީދުގެ ޓްވީޓުގައި ވަނީ މި ސަރުކާރުން ވެފައިވާ ސިއްރު އެއްބަސްވުންތަކާއި ދައުތަލުގެ ދަރަންޏާއި މި ނޫންވެސް މިފަދަ މައްސަލަތަކުގެ ވާހަކަ ފާހަގަކުރައްވާފައެވެ.