Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

އެމްޑީޕީ ޕްރައިމަރީއާ ދިމާކޮށް އިއުލާނުނުކޮށް ސްޓެލްކޯއިން ކ.އަތޮޅުގެ ރަށްތަކުން ގިނަ ވަޒީފާތަކެއް

އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް މާލެ އަތޮޅުގެ ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު އަލަށް ސްޓެލްކޯގެ ވަޒީފާތަކަށް ނަގާފައިވާކަން ހާމަވެއްޖެއެވެ.

އެގޮތުން މާލެ އަތޮޅުގެ ރަށްތަކުގައި އަލަށް ވަޒީފާއަށް ގިނަ ބަޔަކު ނަގާފައިވާއިރު އެ މީހުންނަށް ވަޒީފާ ހަމަޖައްސާފައިވަނީ އިއުލާނުކުރުމެއްވެސް ނެތިކަމަށް "ސްޓެލްކޯ"ގެ ވެރިޔަކު ވިދާޅުވިއެވެ.

"ދިޔަރެސް"އަށް ލިބިފައިވާ ހިސާބުތަކަށް ބަލާއިރު ކ.ގާފަރުން ފަސް މީހަކަށް އަދި ކ.ދިއްފުށިން 6 މީހަކު އަދި ހިންމަފުށިން 6 މީހަކާއި ތުލުސްދޫން 8 މީހުން އަދި ކ.މާފުށިން 15 މީހަކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އަލަށް ވަޒީފާއަށް ނަގާފައިވެއެވެ.

މި ވަޒީފާތަކަށް މުޅިންވެސް ނަގާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ އެ ޕާޓީގެ އެކްޓިވިސްޓުންނެވެ. އެމީހުންނަށް ވަޒީފާ ދީފައިވަނީ ޕްރައިމަރީގައި އެ ރަށްރަށުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަޣުލަބިއްޔަތު ހޯދުމުގެ ބޭނުމުގައިކަމަށް އެ ހިސާބުތައް ހިއްސާކުރެއްވި ބޭފުޅާ ވިދާޅުވިއެވެ.

އަދި މިވަޒީފާތަކަށް މީހުން ނަގާފައިވަނީ އެއްވެސް މިންވަރަކަށް އިއުލާނުކޮށްގެން ނޫންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އޭގެ އިތުރުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާ ދިމާކޮށް ސްޓެލްކޯގެ އެމްޑީ އަޙްމަދު ޝަރީފު ރަށްރަށަށް ވަޑައިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ރައީސް އިބްރާހީމުގެ ކެނޑިޑޭޓުންނަށް ވޯޓުލުމަށް އަންގަވާކަން ތަފާތު އެތައް މަސްދަރަކުން ކަށަވަރުވެފައިވެއެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ރައީސް އިބްރާހީމަށް ތާއީދު ހޯދައި އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް އެމަނިކުފާނާ ވާދަކުރައްވާ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ތުހުމަތުކުރައްވައެވެ.

މި ލިއުމާއި ގުޅޭ