Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

މާލެއަކީ އިންޑިއާގެ ރަށެއްކަމަށް ބުނި މައްސަލާގައި ސަރުކާރުގެ ބަހެއް ނެތް!

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ މަހަރަޝްތުރާ އިންފޮމޭޝަން ސެންޓަރުން މާލޭގެ ފޮޓޯއެއް ހިއްސާކޮށް އެއީ އިންޑިއާގެ ރަށެއްކަމަށް ދައުވާކުރި މައްސަލާގައި ސަރުކާރުގެ ބަހެއް ނެތިއެވެ.

މާލޭގެ ފޮޓޯއެއް ހިއްސާކޮށް ދިއްލީގައި ހުންނަ މަހާ އިންފޯ ސެންޓަރުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފޮޓޯއިން ފެންނަނީ މަހަރަޝްތުރާގައި އޮންނަ ސަލްސެޓޭ އައިލެންޑް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުން އަދި މިހާތަނަށް ރަސްމީ އެއްޗެއް ބުނެފައި ނުވާއިރު މިކަމާއި ގުޅިގެން ސަރުކާރުގެ ބަހަކީ ކޮބައިތޯ "ދިޔަރެސް" އިން އެހުމުން އަދި މިހާތަނަށް ސަރުކާރުގެ ބަހެއް ލިބިފައެއް ނެތެވެ.

މާލެއަކީ އިންޑިއާގެ ރަށެއް ކަމަށް ބުނާ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ އެ ރަށުގައި ކޯރުތަކާއި ފެންގަނޑުތަކާއި ހަނި ފެން އާރުތައް ހުންނަ ކަމަށެވެ. އަދި 109 ބުދިސްޓު ހޮހަޅަވެސް އެ ރަށުން ފެންނަ ކަމަށާއި އޭގެ ތެރޭގައި ކަންހެރީގެ ހޮހޮޅަތައް ހިމެނޭ ކަމަށެވެ.

އަދި އެ ރަށް 1774 ވަނަ އަހަރު އިނގިރޭސިންގެ އިސްތިއުމާރުގެ ދަށަށް ގެންދިޔަ ކަމަށާއި، އެ ރަށަކީ ދުނިޔޭގައި 14 ވަނައަށް އެންމެ ބައިބޯ ރަށް ކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.

މަހަރަޝްތުރާ ސަރުކާރުގެ ރަސްމީ އިދާރާއަކުން މިފަދަ ޓުވީޓެއް ކުރުމުން ގިނަ ބައެއްގެ ސަމާލުކަން އެ ޓުވީޓަށް ލިބުނެވެ.
ރާއްޖޭގެ ވެރިރަށާއި އިންޑިއާގެ ރަށެއް އޮޅުވާލައިގެން އެ ޤައުމުގެ ރަސްމީ އިދާރާއަކުން ޓުވީޓުކުރުމުން ވަރަށް ގިނަ ދިވެހިންވަނީ ނުރުހުން ފާޅުކޮށް ރާއްޖެއަކީ އިންޑިއާގެ ސްޓޭޓެއް ނޫންކަމަށާއި، ފޮޓޯއިން ފެންނަނީ ރާއްޖޭގެ ވެރިރަށްކަމަށް ބުނެފައެވެ.
މި ލިއުމާއި ގުޅޭ