Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން

އިސްލާމްދީނަށް އިހުތިރާމުނުކުރާނަމަ ނޭޓޯއަށް ވަނުމަށް ސްވިޑެނުން ކުރާ މަސައްކަތަށް ތާއީދުނުކުރާނަން: އުރުދުޣާން

އިސްލާމްދީނަށް އިހުތިރާމުނުކުރާނަމަ، ނޭޓޯގައި ބައިވެރިވުމަށް ސްވިޑެނުންކުރާ މަސައްކަތުގައި ތުރުކީން އެހީތެރިކަމެއް ނުލިބޭނެކަމަށް ތުރުކީގެ ރައީސް ރަޖަބު ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އަންކާރާގައި ހޯމަދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށްފަހު އުރުދުޣާން ވިދާޅުވެފައިވަނީ ތުރުކީ އެމްބަސީ ކުރިމަތީގައި އެފަދަ ހުތުރުކަންބޮޑު އަމަލެއް ހިންގި ބަޔަކު ނޭޓޯއަށް ވަނުމަށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު ތުރުކީން ރަނގަޅު ގޮތެއްވުމަށް އުންމީދުކޮށްގެން ނުވާނެ ކަމަށެވެ.

އުރުދުޣާނުގެ ވާހަކަފުޅުގައި އިޝާރާތްކުރައްވާފައިވަނީ ސްވިޑެންގެ ކަނާތު ފިޔައިގެ ހަރުކަށި އެކްޓިވިސްޓެއްކަމަށްވާ ރަސްމުސް ޕަލޫޑަން ތުރުކީ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާން އެންދި އެންދުމަށެވެ. އޭނާ އެކަން ކުރީ ސްވިޑެންގެ ސަރުކާރުން ހުއްދަ ލިބިގެން އެ ޤައުމުގެ ފުލުހުންގެ ހިމާޔަތާއި ރައްކާތެރިކަމުގެ ދަށުގައި ހުރެއެވެ.

އިތުރަށް އުރުދުޣާން ވިދާޅުވީ ތުރުކީއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ ދީނީ އިޢުތިޤާދަށް ސްވިޑަންއިން އިހުތިރާމުނުކުރާނަމަ، އެ ޤައުމަށް ތުރުކީން އެއްވެސް މަދަދެއް ނުލިބޭނެ ކަމަށެވެ.

ސްޓޮކްހޯމުގައި ދާދިފަހުން ކުރުދީ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޕީކޭކޭއަށް ތާއީދުކޮށް އެއްވުމެއް ބާއްވަން އެ ސިޓީން ފުރުސަތު ދިނީތީ އެކަމަށްވެސް އުރުދުޣާން ފާޑުވިދާޅުވިއެވެ.

"ޓެރަރިސްޓު ޖަމާއަތްތަކުގެ މެންބަރުންނާއި އިސްލާމްދީނުގެ ދުޝްމަނުންނަށް [ސްވިޑެންއިން] އެހާ ލޯބިކުރާނަމަ އަޅުގަނޑުމެން އެ ޤައުމަށް ދޭން އޮތް އިރުޝާދަކީ އެ ޤައުމުގެ ސަލާމަތީ ކަންކަން އެ މީހުންނާ ހަވާލުކުރާށޭ،" އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީއާ ދެކޮޅަށް ޕީކޭކޭއިން ކުރަމުންދާ 35 އަހަރުވީ ހަނގުރާމައިގައި މިހާތަނަށް އެ ޖަމާއަތުން ދިން އެކި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިންނާއި ތުއްތުކުދިން ހިމެނޭހެން 40،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެ ޖަމާއަތަކީ ތުރުކީއާއި އެމެރިކާ އަދި އީޔޫއިންވެސް ޓެރަރިސްޓު ޖަމާއަތެއްކަމަށް ބަލާ ޖަމާއަތެކެވެ.

މި ލިއުމާއި ގުޅޭ