Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ގެރި ގުއަކީ ނިއުކުލިއާ ރޭޑިއޭޝަނުން ރައްކާތެރިކޮށްދޭ އެއްޗެއް: އިންޑިއާގެ ކޯޓެއް

ޤާނޫނާ ޚިލާފަށް މަހަރަޝްތުރާއިން ގެރިބަކަރި އެހެން ތަނަކަށް ގެންދިޔަކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި މުޙައްމަދު އަމީން ނަމަކަށް ކިޔާ މީހެއްގެ މައްޗަށް އިންޑިއާގެ ގުޖުރާތުގެ ކޯޓަކުން އިއްވި ހުކުމެއްގައި ގެރި ގުއިން ތަފާތު ބޮޑެތި ފައިދާތަކެއް ލިބޭކަމަށް ބުނެފިއެވެ.

އެ ހުކުމުގައި ބުނެފައިވަނީ ގެރި ގުއިން ރާނާފައި ހުންނަ ގެދޮރަށް ނިއުކުލިއާ ރޭޑިއޭޝަނުގެ އަސަރެއްވެސް ނުކުރާ ކަމަށެވެ. އަދި ގެރި ކަތިލުން ހުއްޓޭ ހިސާބުން ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެހައި މައްސަލައެއް ހައްލުވާނެ ކަމަށެވެ.

"ގެރިއަކީ ހަމައެކަނި ޖަނަވާރެއް ނޫން. އެއީ މަންމައެއް. މުޅި ކައުނަށް ގެރިން ލިބޭ މަންފާއާއި ފައިދާއަކީ ބަޔާންކޮށްދީ ސިފަކުރެވޭނެ ކަންކަމެއް ނޫން. ގެރިއެއްގެ އެންމެ ލޭ ތިއްކެއްވެސް ދުނިޔޭގެ ބިމަށް އޮހޮރައިނުލެވޭ ދުވަހަކީ މުޅި ދުނިޔޭގެ މައްސަލަތައް އެކީ ހައްލުވާ ދުވަސް،" އެ ހުކުމުގައި ބުނެފައިވެއެވެ.

ޓަކީގެ ޑިސްޓްރިކްޓު ކޯޓުން މި ހުކުމް ކުރީ ފާއިތުވި ނޮވެންބަރުގައެވެ. އެ ހުކުމް އިނގިރޭސިބަހަށް ތަރުޖަމާކުރެވި އާންމުކުރެވުނީ ދާދިފަހުންނެވެ.

އެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ގެރި ކަތިލުމާއި ޤާނޫނާ ޚިލާފަށް ގެރިއާމެދު މުއާމަލާތްކުރުމަކީ މުޖުތަމައު ލަދުވެތިވާންޖެހޭ ލައްގަނޑެކެވެ.

ގެރިން ފައިދާ ލިބެނެވި ބޭނުންތަކުގެ ތެރޭގައި އޭގެ ކިރާއި ކިރުގެ އުފެއްދުންތަކާއި ގެރި ގުއާއި ގެރީގެ ކުޑަކަމުދާތަކެތިން ލިބޭ ފައިދާތައް ހިމެނެއެވެ. ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ ބަދަލުގައި ގެރި ބޭނުންކޮށްގެން ދަނޑުވެރިކަންކުރުމުގެ މަޤުބޫލުކަން އިތުރުވަމުންދާކަންވެސް ހުކުމުގައި ފާހަގަކުރިއެވެ.

"ގެރި ގުއިން ރާނާފައި ހުންނަ ގެދޮރަށް ނިއުކުލިއާ ރޭޑިއޭޝަނުގެ އަސަރުނުކުރާކަން ސައެންސުން ސާބިތުވެފައިވޭ. އަދި ގެރީގެ ގުއި ބޭނުންކޮށްގެން ކުރާ ދަނޑުވެރިކަމުން އުފައްދާ ގޮދަނަކީ އެއިން އެތައް ބައްޔަކުން ރައްކާތެރިކޮށްދޭ އެއްޗެއް،" ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ގެރިއަކީ ދީނުގެ ރަމްޒެއްކަމަށާއި ގެރީގެ ކުޑަކަމުދާތަކެއްޗަކީ ފަރުވާއެއް ނުލިބޭ އެތައް ބައްޔަކަށް ފަރުވާއެއްކަމަށް އެ ހުކުމުގައި ބަޔާންކުރިއެވެ.

އަމީނުގެ މައްސަލައަކީ ގުޖުރާތުގެ ޓަޕީ އާއި ބަނަސްކަންތަ ޑިސްޓްރިކްޓުގެ މެދުން ޓްރަކެއްގައި ގެރިތަކެއް އުފުލަނިކޮށް އަތުލައިގަތް މައްސަލައެކެވެ. އެ މައްސަލާގައި ތަފާތު އެކި ޤާނޫނުތަކާ ޚިލާފުވެފައިވާކަން އޭނާގެ މައްޗަށް ސާބިތުވިއެވެ. އެއާއެކު އުމުރަށް ޖަލަށްލުމަށާއި، ފަސް ލައްކަ ރުޕީސްއިން ޖޫރިމަނާކުރަން ހުކުމްކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ