Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ގުރައިދޫއަށް ރައީސް އިބްރާހީމް ވަޑައިގަންނަންވާއިރަށް މާފުށީގެ ސްޓެލްކޯ މުވައްޒަފުން ގެންދިޔަ!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިއަދު ކ.ގުރައިދޫއަށް ވަޑައިގެންނެވުމުގެ ކުރިން މާފުށީގެ ސްޓެލްކޯ މުވައްޒަފުންތަކެއް އެރަށް ގެންދިޔަކަން ހާމަވެއްޖެއެވެ.

ގުރައިދޫން ރައީސް އިބްރާހީމަށް މާ ބޮޑު ތާއީދެއް ނެތުމާއެކު އެމަނިކުފާނަށް އެ ރަށުގެ ބަނދަރުން މަރުހަބާ ކިޔާ މީހުންގެ އަދަދު ގިނަކަމަށް ދެއްކުމަށް އެމަނިކުފާނު ރަށަށް ވަޑައިގަތުމުގެ ކުރިން ގުޅިއާއި ކާށިދޫން އެ ރަށަށް މީހުން ގެންދިޔައެވެ. އެ މީހުންނާއެކު އެމަނިކުފާނަށް އެ ރަށުން މަރުހަބާ ކިޔުމަށް ނިކުތް މީހުންގެ އަދަދު 40 އަށްވެސް ނާރައެވެ.

ރައީސް އިބްރާހީމަށް މަރުހަބާ ކިޔުމަށް ގުރައިދޫއަށް ދިއުމަށް މާފުށީ ސްޓެލްކޯގެ 16 މުވައްޒަފަކަށް އަންގާފައިވެއެވެ. މުވައްޒަފުންނަށް އެކަން އަންގާ ކުރި މެސެޖުގެ ސްކްރީން ޝޮޓެއް "ދިޔަރެސް"އަށް ވަނީ ލިބިފައެވެ.

އެ މެސެޖުގައި 16 މުވައްޒަފުންގެ ނަން ލިސްޓެއް ލިޔެ ބުނެފައިވަނީ މިއަދު ގުރައިދޫގައި އޮންނަ ޖަލްސާއެއްގައި ބައިވެރިވުމަށްޓަކައި ގުރައިދޫއަށް ދިއުމަށް އެ މުވައްޒަފުން މިއަދު ހެނދުނު 7:15 އަށް މާފުށީ ޖެޓީ ސަރަހައްދަށް ހާޒިރުވާން އަންގާކަމަށެވެ.

ގުރައިދޫގައި ރައީސް އިބްރާހީމަށް ތާއީދު އޮތްކަން ދެއްކުމަށް އެކި ރަށް ރަށުން މީހުންނާއި ކައިރި ރަށްރަށުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންވެސް ގެންގޮސްފައިވާއިރު ރައީސް އިބްރާހިމް ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ގިނަ ރަށްރަށުން އެމަނިކުފާނަށް ލިބެނީ ވަރަށް ފިނި ތަރުހީބެކެވެ. މިގޮތުން އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، އަދި ތިނަދޫ ފަދަ ބޮޑެތި ތަންތަނުން ރައީސް އިބްރާހީމަށް ތާއީދެއް ނެތްކަން އެމަނިކުފާނު އެ ތަންތަނަށް ކުރައްވާ ދަތުރުތަކުން ފާހަގަކުރެވެއެވެ.

މި ލިއުމާއި ގުޅޭ