Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެޑްވޭވް

ރެޑްވޭވްއިން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ސަރުކާރުން ހުރަސް އަޅަނީ

ރެޑްވޭވްއިން ހުޅުމާލެގައި ހިންގާ ރެޑްވޭވް ސިޓީ ސްކެއާ ފިހާރަ 24 ގަޑިއިރު ހިންގުމަށް އެދުމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އެ ހުއްދަ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރެޑްވޭވްގެ އޮފިޝަލަކު "ދިޔަރެސް"އަށް މައުލޫމާތު ދިންގޮތުގައި އެ ފިހާރަ ހުރި ސަރަހައްދަކީ 24 ގަޑިއިރު ވިޔަފާރި ކުރުން ހުއްދަ ނުދެވޭނެ ސަރަހައްދެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް އެކަމުގެ ސަބަބާއި އަދި އިތުރު ތަފްސީލެއްވެސް މިނިސްޓްރީން ދީފައި ނުވާކަމަށް ބުނެ ރެޑްވޭވްގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރެޑްވޭވްގެ އޮފިޝަލް ވިދާޅުވީ ސަރަހައްދުގައި ދިރުއުޅޭ އެތައް ހާސް ރައްޔިތުންނެއް އެ ފިހާރަ 24 ގަޑިއިރު ފިހާރައަކަށް ހެދުމަށް އެދޭކަމަށާއި ނަމަވެސް މިނިސްޓްރީން އެ ހުއްދަ ނުދިނީކަމަށެވެ.
އަދި އެ ސަރަހައްދަކީ އެގޮތަށް ހުއްދަ ނުދެވޭ ސަރަހައްދެއްކަމަށް ނިންމީ ކިހިނެއްތޯ ސުވާލުކުރުމުން މިނިސްޓްރީގެ ކޯލް ސެންޓަރުން ބުނެފައިވަނީ އެ މައުލޫމާތު ހޯދަން ވަކިން ސިޓީއަކުން އެންގުމަށްކަމަށްވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

އޮފިޝަލް ވިދާޅުވީ ރެޑްވޭވްއަކީ ހުޅުމާލޭގައި ވިޔަފާރިކުރަން އެޗްޑީސީގެ ބިމެއް ކުއްޔަށް ނަގައިގެން އެކަން ކުރާ ބައެއްކަމަށާއި 24 ގަޑިއިރު ހިންގުމުގެ ފުރުސަތު ދިނުމުން އާއްމުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދެންވެސް ފަސޭހަ ވާނެކަމަށެވެ. އަދި ސަރުކާރުން އެކަމަށް ހުރަސް އެޅުމަކީ އެތައް ރައްޔިތުންނެއްގެ ހައްގުން މަހްރޫމް ކުރުންކަމަށްވެސް ރެޑްވޭވްއިން ބުނެއެވެ.

މި ލިއުމާއި ގުޅޭ