Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އިބްރާހީމް

ރައީސް އިބްރާހީމަށް ގުރައިދޫން މަރުހަބާ ކިޔަން މީހުން ހަމަކުރީ ގުޅިންނާއި ކާށިދޫން މީހުން ގެނެސްގެން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކ.ގުރައިދޫއަށް މިއަދު ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔަން ކ.ގުޅިއާއި ކ.ކާށިދޫން މީހުން ގެންދިޔަކަން ހާމަވެއްޖެއެވެ.

ގުރައިދޫން ރައީސް އިބްރާހީމަށް މާ ބޮޑު ތާއީދެއް ނެތުމާއެކު އެމަނިކުފާނަށް އެ ރަށުގެ ބަނދަރުން މަރުހަބާ ކިޔާ މީހުންގެ އަދަދު ގިނަކަމަށް ދެއްކުމަށް އެމަނިކުފާނު ރަށަށް ވަޑައިގަތުމުގެ ކުރިން ގުޅިއާއި ކާށިދޫން އެ ރަށަށް މީހުން ގެންދިޔައެވެ. އެ މީހުންނާއެކު އެމަނިކުފާނަށް އެ ރަށުން މަރުހަބާ ކިޔުމަށް ނިކުތް މީހުންގެ އަދަދު 40 އާ ގާތްކުރެއެވެ.

ލޯންޗަކުން 45 މިނިޓެއްހައި ވަގުތުން ދެވޭހައި ކައިރީގައި އޮންނަ ގުރައިދޫއަށް ރައީސް އަދި އެމަނިކުފާނުގެ ބޮޑު ކެމްޕެއިން ޓީމު ވަޑައިގަތީ ސީ ޕްލޭނެއްގައެވެ.

ރައީސް އެ ރަށަށް ވަޑައިގެންނެވުމާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން އެ ރަށަށް އަރައި މަގުތައް ބަންދުކޮށްފައިވެއެވެ. އެފަދައިން މަގުތައް ބަންދުކުރީ ރައީސް ވަޑައިގަންނަވާއިރަށް، އިދިކޮޅުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރަން ގޮވައިލާ އިދިކޮޅު އިއްތިހާދުން ސިލްސިލާ ގޮތެއްގައި ރަށްރަށުގައި ބާއްވަމުން އަންނަ އިހުތިޖާޖަށް ހުރަސްއެޅުމުގެ ގޮތުންނެވެ.

ފުލުހުންވަނީ އެ ރަށުގެ ކައުންސިލުގެ ރައީސް ހުސައިން ޔާމީން އޮފީހަށް ވަޑައިގަތުމަށްވެސް ހުރަސްއަޅާފައެވެ. "ދިޔަރެސް"އަށް މައުލޫމާތުދެއްވަމުން ޔާމީން ވިދާޅުވީ މިއަދު އޭނާ އޮފީހަށް ވަދެވަޑައިގަންނަވަންޖެހުނީ އޮފީހުގެ ފާރުމަތިން ފުންމަވާލައްވައިގެން ކަމަށެވެ.

މި ލިއުމާއި ގުޅޭ