Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްވިޑެން

އިސްތަންބޫލުގައި ހުންނަ ސުވިޑެންގެ ކޮންސިއުލޭޓު ކައިރީ ގިނަ ބަޔަކު އިހުތިޖާޖުކޮށްފި

ސުވިޑެން ސަރުކާރުގެ ހުއްދައާއެކު އެ ޤައުމުގެ ކަނާތު ފިޔައިގެ ހަރުކަށި ސިޔާސީ ލީޑަރެއް ކީރިތި ޤުރުއާން އެންދުމާ ގުޅިގެން ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސުވިޑެންގެ ސަފާރާ ކުރިމަތީގައި ގިނަ އަދަދެއްގެ ބަޔަކު އިހުތިޖާޖުކޮށް ނުރުހުން ފާޅުކޮށްފިއެވެ.

"ސުވިޑެންގެ ދައުލަތުން މަދަދުވެރިވާ އިސްލާމަފޯބިއާ [މުސްލިމުންނާއި އިސްލާމްދީނަށް ނަފުރަތުކުރުން] ކުށްވެރިކުރަން،" ޖަހާފައި ހުރި ބެނާތަކާއި ދިދަތައް ހިފައިގެން 250 އަށްވުރެ ގިނަ މީހުން އިސްތަންބޫލުގައި ހުންނަ ސުވިޑެންގެ އެމްބަސީ ކުރިމައްޗަށް ޖަމާވެ އިހުތިޖާޖުކޮށްފައިވެއެވެ.

މުސްލިމުންނާ ދެކޮޅު އެކްޓިވިސްޓު ރަސްމަސް ޕަލޫޑަން ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދާފައިވަނީ ސްޓޮކްހޯމުގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައެވެ. އެއާއެކު އިސްތަންބޫލާއި އަންކާރާގައި ހޮނިހިރުދުވަހުގެ ރޭ ގިނަ ބަޔަކު މުޒާހަރާކޮށް ނުރުހުން ފާޅުކުރިއެވެ.

ސުވިޑެންގެ ކޮންސިއުލޭޓު ދޮރުގައި ހަރުކޮށްފައިވާ ބޯޑެއްގައި "ފޮތް އަންދާ މޮޔަމީހާގެ ވިސްނުން އަހަރުމެން ޤަބޫލެއް ނުކުރަން،"ކަމަށް ލިޔެފައި އޮތެވެ.

މި އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން މުސްތަފާ ދެމިރްކާން ބުނެފައިވަނީ ކީރިތި ޤުރުއާން އެންދުމަކީ ޚިލާފުފާޅުކުރުމުގެ ޙައްޤުގެ ތެރެއިން ހިމާޔަތް ލިބިފައިވާ ކަމެއް ކަމުގައި ދެކިގެންނުވާނެ ކަމަށެވެ.

ޤުރުއާން އެންދުމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ޒުވާނުންތަކެއްވަނީ ތުރުކީގެ މާދިން ޕްރޮވިންސްގެ ބައެއް ޗާޗުތަކަށް ޒިޔާރަތްކޮށް އެ ޗާޗުތަކުގެ އޮފިޝަލުންނަށް ފިނިފެންމާތަކެއް ހަދިޔާކޮށްފައެވެ. އެ ޒުވާނުން ބުނެފައިވަނީ ޤުރުއާން އެންދުމުގެ މުޑުދާރު އަމަލަށް ޖަވާބުދޭން ބޭނުންވަނީ އިސްލާމްދީނުގެ އަސްލު އަލި ސޫރަ ދައްކައިދީގެން ކަމަށެވެ.

ސްވިޑެންގެ ކަނާތު ފިޔައިގެ ހަރުކަށި ޖަމާއަތެއްކަމަށްވާ ސްޓްރަމް ކާސްގެ ލީޑަރު ޕަލޫޑަންއަށް ތުރުކީ އެމްބަސީ ކުރިމަތީގައި ޤުރުއާން އެންދުމަށް ސްވިޑެން ސަރުކާރުން ހުއްދަދިނުމުން އޭނާ އެކަންކުރީ ހޮނިހިރުދުވަހުއެވެ.

އޭނާއަށް އެ ހުއްދަ ދިނުމުން ރައްދުގައި ތުރުކީންވަނީ އެ ޤައުމަށް ސްވިޑެންގެ ދިފާއީ ވަޒީރު ޕަލް ޖޯންސަން ކުރައްވަން ހަމަޖެހިފައި އޮތް ދަތުރެއް ކެންސަލްކޮށްފައެވެ.

މި ލިއުމާއި ގުޅޭ