Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފީފާ

ފީފާ އިން ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑްކޮށްފި

ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެސްއެލް) ސަސްޕެންޑް ކޮށްފި އެވެ.

ފީފާ އިން މިގޮތަށް ނިންމާފައި މިވަނީ މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު އެވެ.

ފީޕާއިން މިއަދު ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ފީފާގެ މެމްބަރެއްގެ ގޮތުގައި ދެމި އޮތުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތައް މި ވަގުތު ސްރީ ލަންކާ ފެޑެރޭޝަނުގައި ހަމަވެފައި ނެތްކަމަށެވެ. އެކަން އެފެޑަރޭޝަނަށް ސާބިތުވުމާގުޅިގެނ މުއްދަތެއް ނެތް ގޮތަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ސްރީ ލަންކާގެ ގައުމީ ޓީމުތަކާއި ކްލަބްތަކަށް ފީފާ އާއި އޭއެފްސީގެ ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭނެ އެވެ. އަދި ސަސްޕެންޝަން އުވާލުމަށް ފަހު ނޫން ގޮތަކަށް ފީފާގެ އެއްވެސް އެހީތެރިކަމެއް ސްރީ ލަންކާގެ ފުޓްބޯޅަ އަށް ނުލިބޭނެ ކަން ވެސް ފިފާއިން ވަނީ އަންގައިފަ އެވެ.

މި މަހު ބޭއްވި އިލެކްޝަންގައި ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސަކަށް އިންތިޚާބުވީ ކުރީގެ މެމްބަރު އަދި ފުޓްބޯޅަ ކުޅުންތެރިޔާ، ޖޭ ސްރީ ރަންގާއެވެ. ކުރިން ރައީސަކަށް ހުންނެވި ޖޭސްވަރު އުމަރަށް މި ފަހަރު އިންތިހާބުގައި ވާދަނުކުރެވުނީ ސިޔާސީ ނުފޫޒާ ހެދި ކަމަށް ސްރީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިއާއެކު ފީފާއިން ވަނީ އެމައްސަލަ ވަރަށް ގާތުން ބަލައިފައެވެ.

އެފްއެފްއެސްއެލްގެ ރައީސްކަން ރަންގާ ކާމިޔާބުކުރީ 27 ވޯޓު ހޯދައިގެންނެވެ. އިންތިހާބުގައި ރަންގާއާ ވާދަކުރި، ޖަގަތު ރޮހާނާ އަށް ލިބުނީ 24 ވޯޓެވެ.

ފީފާއިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އިންޑިއާ ވެސް ސަސްޕެންޑް ކޮށްފަ އެވެ. ފީފާ އިން އިންޑިއާ ސަސްޕެންޑް ކުރަން ނިންމީ، އިންޑިއާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކޮށް، އެ ކޮމިޓީގެ މެންޑޭޓުގެ ތެރެއިން، އާ އިންތިހާބެއް ބާއްވަން އުޅުމުންނެވެ.

މި ލިއުމާއި ގުޅޭ