މީޑިއާނެޓުގެ "ވީޑިއޯކްލަބް ސަބްސްކްރައިބް އެންޑް ވިން" ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައި، ނަސީބުވެރި ފަރާތަށް އިނާމު ހަވާލުކޮށްފިއެވެ. އިނާމެއްގެ ގޮތުގައި އިތުރު ބައިވެރިއަކާއެކީ ތުރުކީއަށް ދިޔުމަށް ދެކޮޅު ޓިކެޓު ހުށަހެޅި މިޕްރޮމޯޝަންގައި ތުރުކީ އަށް ދިޔުމުގެ ފުރުސަތު ލިބުނީ އާމިނަތު ފިއޯނާ އަށެވެ. ވީޑިއޯކްލަބަށް ސަބްސްކްރައިބް ކުރާ ފަރާތްތަކުގެ މެދުގައި ބޭއްވުނު މިޕްރޮމޯޝަން ކުރިޔަށްގޮސްފައިވަނީ މިނިމިދިޔަ އަހަރުގެ އޮކްޓޯބަރ 24 އިން ޑިސެމްބަރ 24 ގެ ނިޔަލަށެވެ.
ވީޑިއޯކްލަބަށް ސަބްސްކްރައިބް ކުރައްވަން ބޭނުންވާ ބޭފުޅުންނަށް my.medianet.mv މެދުވެރިކޮށް ރެޖިސްޓަރ ކޮށްލެވޭނެއެވެ. މީޑިއާނެޓްގެ ފޯން އެޕްލިކޭޝަންގެ އިތުރުން، އެމްއެސް ޓީވީ އަދި އެމްއެސް ލައިޓް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް ވީޑިއޯކްލަބްގެ ހިދުމަތް ލިބޭނެއެވެ.