Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ހަފްތާއެއްގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު ޗައިނާގައި މަރުވެއްޖެ

ޖަނަވަރީ 13 އާއި 19 ދޭތެރޭގައި ޗައިނާގެ އެކި ކަންކޮޅުތަކުން 13،000 މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެކަމަށް އެ އެގައުމުން ރިޕޯޓްކޮށްފިއެވެ.

ކޮވިޑު-19 ބަލިމަޑުކަން އެންމެ ގަދަޔަށް އޮތް ދުވަސްވަރު ޗައިނާގައި މަރުވި މީހުންގެ އަދަދު ހުރިވަރާއި އަޅާކިޔާއިރު މިހާރު ކުޑަ ދުވަސްކޮޅެއްތެރޭގައި މަރުވަމުން އަންނަ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެއީ، މި މަހު 13 އިން 19އާއި ދެމެދު މަރުވި 13،000 މީހުން ހިމެނޭގޮތަށް، މިދިޔަ އަހަރު ޑިސެމްބަރުގެ 8 އިން ފެށިގެން މިމަހުގެ 12 އާއި ހަމައަށް 60،000 މީހުން މަރުވެފައިވާކަމަށް އެ ގައުމުން ބުނެފައިވާތީއެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި މުޅި ގައުމުގައި ދައުރުވަމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަން މިދުވަސްކޮޅު އަންނަނީ ފެތުރޭނެ އެންމެ ހަލުވި ބާރުމިނެއްގައި ފެތުރެމުންނެވެ.
ޗައިނާގެ ކަމާބެހޭފަރާތްތަކުން ރިޕޯޓްކޮށްފައިވާ އަދަދަކީ ކޮވިޑް-19 ޖެހިގެން ގޭގައި މަރުވި މީހުންގެ އަދަދު ނުހިމަނާ އެކުލަވާލައިފައިވާ އަދަދެކެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރެން ފެށި ދުވަސްކޮޅުގައި، ޗައިނާއިން ވަނީ އެގައުމުގެ ބޯޑަރުތައް ބަންދުކޮށް، ގައުމުގެ ރައްޔިތުންގެ މައްޗަށް އެއްވެސް ވަރެއްގެ ދުލެއްނުލިބޭ ކަހަލަ ފިތްތުންތަކެއް، "ޒީރޯ-ކޮވިޑް ޕޮލިސީ"ގެ ނަމުގައި ގާއިމްކޮށްފައެވެ. މީގެ ނަތީޖާއަކަށްވެގެން ދިޔައީ، މިފަހުން އެ ގައުމުގެ ބޯޑަރުތައް ހުޅުވާލާ، ގައުމުގެ ރައްޔިތުންނަށް އެމީހުންގެ އާއިލާތަކާއި ބައްދަލުވާން ދަތުރުކުރުމުގެ ހުއްދަ ސަރުކާރުން ދިނުމުން، ކުއްލިއަކަށް ޒީރޯ-ކޮވިޑް ޕޮލިސީގެ ސަބަބުން ކޮވިޑް-19އަށް ނުރައްކާތެރިވާވަރަށް ހުށަނޭޅިތިބި 1.4 ބިލިއަން އާބާދީ އެބައްޔަށް ހުށަހެޅިގެން ދިއުމެވެ.
ޒީރޯ-ކޮވިޑް ޕޮލިސީ ނެގިފަހުން ޗައިނާގެ ހޮސްޕިޓަލްތަކާއި އަދި ސަހަރާތައް އޮންނަނީ އަބަދު ފުރިފައެވެ. މީގެ އިތުރުން އެ ޕޮލިސީގެ ސަބަބުން ޗައިނާގެ އިގްތިސާދަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
ޗައިނާގެ ހާލަތާއި ބެހޭގޮތުން ބައެއް ސިއްހީ ތަޖުރިބާކާރުން އަންދާޒާކުރައްވާގޮތުގައި، މިއަހަރު ތެރޭގައި 1 މިލިއަނަށްވުރެން ގިނަ މީހުން ޗައިނާގައި މަރުވުން ވަރަށް ބޮޑަށް އެކަށީގެންވެއެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގެ ސިއްހަތުގެ ޑޭޓާ އިދާރާއެއް ކަމަށްވާ އެއާރ ފިނިޓީވަނީ، ޗައިނާ މިހާރުއޮތް ހާލަތު ބަދަލުނުވާނަމަ، މި ހަފްތާ ތެރޭގައި މަރުވާ މީހުންގެ އަދަދު ދުވާލަކު 36،000އާއި ގާތްކުރާ އަދަދަކަށް އިތުރުވާނެކަމަށް އަންދާޒާކޮށްފައެވެ.

ޗައިނާގައި ކުލަގަދަކޮށް ފާހަގަކުރާ ލޫނާ އައު އަހަރުގެ މުނާސަބަތުގައި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ކުރާ އަދި ދިރުއުޅޭ ޗައިނާގެ ރައްޔިތުން އަނބުރާ ގައުމަށް އަންނަން ފަށާފައިވާތީ ސިއްހީ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެއީ، ޗައިނާގެ ރަށްފުށު ރަށްތަކުގެ ސިއްހީ ހިދުމަތްތައް އެހާބޮޑަށް ތަނަވަސް ނުވީމާ، އެހިސާބުތަކުގައި ދިރުއުޅޭ ރައްޔިތުންނަށް ކޮވިޑް-19 ޖެހިއްޖެ ހާލަތެއްގައި ފަރުވާ ހޯދަން ދަތިވާނެތީއެވެ. އަދި ބަލި ރަނގަޅަށް ކޮންޓްރޯލްކުރެވޭނެ ވަސީލަތްތައް އެ ސަރަހައްދުތަކުގެ ސިއްހީ އިދާރާ ތަކުގައި މަދުވީމައެވެ.

ޗައިނާގެ ބަލިމަޑުކަން ކޮންޓްރޯލްކޮށް ނައްތާލާ އިދާރާގެ ޗީފް އެޕިޑިއޮމޯލޮޖިސްޓް، ވޫ ޒެންޔޫވަނީ، އެތައް މިލިއަން މީހުން އެއްފަހަރާ، އެއްގައުމަކަށް ދަތުރުކުރުމަކީ ކޮވިޑް-19 ފެތުރުމަށް މަގުފަހިވާނެ ކަމެއްކަމަށާއި، ނަމަވެސް "ކޮވިޑްގެ އާ ރާޅެއް އަވަސް މުސްތަގުބަލެއްގައި އެފުދުން ނާދިރު"ކަމަށް ވިދާޅުވެފައެވެ.
ގައުމުގެ 80 އިންސައްތައާއި ގާތްކުރާ އަދަދެއްގެ މީހުންނަށް މިހާރު ކޮވިޑް-19 ޖެހިފައިވުމުން، ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެބަލި، މިފަހުން ފެރުތުނުހާ ފުޅާކޮށް ފެތުރެން ފެށުން ނާދިރުކަމަށް، ވޫ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ