Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނަރެންދުރަ މޯދި

މޯދީއާއި ބެހޭގޮތުން ބީބީސީއިން އުފެއްދި ޑޮކިއުމެންޓަރީގެ ލިންކް ފޮރުވަން އިންޑިއާއިން ގޮވާލައިފި

2002 ވަނަ އަހަރު އިންޑިއާގެ ގުޖުރާތުއި ހިނގި ނުރައްކާތެރި މުޒާހަރާތަކާއި، މާރަމާރީތަކާއި، އަދި އެހަމަނުޖެހުންތައް އިތުރަށް ގޯސްކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީގެ ރޯލަށް އަލި އަޅުވާލާފަ ބީބީސީއިން އުފެއްދި ޑޮކިއުމެންޓަރީގެ ލިންކްތައް ޔޫޓިއުބް، އަދި ޓްވިޓާފަދަ ތަންތަނުން ނެގުމަށް އިންޑިއާ ސަރުކާރުން ގޮވާލައިފިއެވެ.

"އިންޑިއާ: މޯދީ ސުވާލު"، ގެ ނަން ދީފައިވާ ސިލްސިލާ ޑޮކިއުމެންޓަރީގެ ފުރަތަމަ އެޕިސޯޑުގައި، މޯދީގެ ސިޔާސީ ހަޔާތުގެ ފުރަތަމަ އަހަރުތައް ދައްކުވައިދެއެވެ. ހިންދޫ ޕާޓީއެއް ކަމަށްވާ ބަރަތިޔާ ޖަނާތާ ޕާޓީގެ (ބީޖޭޕީ) މަގާމުތަކުން މޯދީ މައްޗައް އެރިގޮތް ދައްކައިދެއެވެ.

ހުޅަނގު ގުޖުރާތުގައި ހިނގި ނުރައްކާތެރި މުޒާހަރާތަކުގައިވަނީ 1000 އަށްވުރެން ގިނަ މީހުން މަރުވެފައެވެ. އޭގެތެރެއިން ގިނައީ މުސްލިމުންނެވެ. އެއިރު ހިނގާދިޔަ ހަމަނުޖެހުންތައް ފެށެން ދިމާވި ހާދިސާއަކީ، އޭގެ ތަންކޮޅެއް ކުރިން ހިންދޫ މީހުންތަކެއް ގޮވައިގެން އެމީހުން އަޅުކަންކުރުމަށް ދާން ބޭނުންވެފައިވާ މަންޒިލަށް ދިއުމުގެ މަގުމަތީގައި އެ މީހުން ދަތުރުކުރަމުން ދިޔަ ރޭލު ގޮވުމުންނެވެ. މި ހާދިސާގައި 59 މީހުންގެ މަރުވިއެވެ. މޯދީ އޭރު ހުރީ ހުޅަނގު ގުޖުރާތުގެ ޗީފް މިނިސްޓަރުގެ މަގާމުގައެވެ.

2002ގައި ހިނގައިދިޔަ ނުރައްކާތެރި މުޒާހަރާތަކުގެ މައްޗަށް ފުރަތަމަ ފަހަރަށް އަލި އަޅުވާލާ ޔޫކޭގެ ރިޕޯޓަކަށް ބިނާކޮށް ހަދާފައިވާ ޑޮކިއުމެންޓަރީއިން ފެނިގެންދަނީ، " އެތުނިކް-ކްލެންސިންގްގެ ސިފަތައް ކަމަށް" އެ ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި އިތުރަށް ތަފްސީލްކޮށްދޭގޮތުން، 2002ގެ މުޒާހަރާތަކުގެ ތެރޭގައި ހިންދޫމީހުން ވަނީ މުސްލިމް އަންހެނުން ރޭޕުކޮށްފައެވެ. މިއަދު ބީޖޭޕީ ސަރުކާރުގެ އަސާސަކަށް ވެފައިވާ، އިންޑިއާގެ ގިނަ ސަރަހައްދުތަކުގައި އުޅޭ މުސްލިމުން އެ ތަންތަނުން "ސާފު" ކުރުމަށް އަޅާ ފިޔަވަޅުތަކަކީ، އޭރު ހިނގި މުޒާހަރާތަކުގެ މައިގަނޑު އެއް މަގުސަދުކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން، އަރިންދަމް ބަގްޗީވަނީ، ބީބީސީ ޑޮކިއުމެންޓަރީއަކީ "ޕްރޮޕަގަންޑާ ޕީސްއެއް"ކަމަށް ބުނެފައެވެ. އޭނާ އިތުރަށް ބުނާގޮތުން، އެ ޑޮކިއުމެންޓަރީއަކީ "އެއްކޮޅައް ބުރަވެފައިވާ އެއްޗެއްކަމަށާއި، "މަގުސަދެއް ނެތް" އެއްޗެއްކަމަށާއި އަދި އެ ފިލްމަކީ އިނގިރޭސިވިލާތުން އެންމެ ކުރިން ގެންގުޅެފައިވާ "ކޮލޯނިއަން ވިސްނުން ކުރިއަށް ގެންދިއުމަށް" އުފެއްދި އެއްޗެއްކަން ސާފުކޮށް އެ ފިލްމުން ފެންނަން އެބައޮތްކަމަށް ބުންޏެވެ.

ބަގްޗީގެ ފާޑުކިޔުމާއި ވިއްދާފަ ބީބީސީއިން ރައްދުދެމުން ބުނެފައިވަނީ، މޯދީގެ ހަޔާތައް ހެދި ޑޮކިއުމެންޓަރީ އަކީ "ފުންކޮށް ދިރާސާ" ކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށެވެ.
ކުރި ދިރާސާގެ އިތުރުން، ވަރަށް ގިނަ ހެކިވެރިންނާއި، ތަޖުރިބާކާރުންގެ ޝުއޫރާއި، ހިޔާލު ހޯދައިފާވާކަމަށް ބީބީސީއިން ބުންޏެވެ. މޯދީ ނިސްބަތްވާ ބީޖޭޕީގެ މެމްބަރުންގެ ހިޔާލުވެސް ހޯދައިފާވާކަމަށާއި، އަދި އިންޑިއާ ސަރުކާރުގެ ފަރާތުންވެސް އެ ޑޮކިއުމެންޓަރީގައި ދައްކައިފައިވާ މަންޒަރުތަކާއި، އޭތި ބިނާކޮށްފައިވާ މައުލޫމާތުތަކާއި ބެހޭގޮތުން ބުނަން އޮތީ ކޮންއެއްޗެއްތޯވެސް އަހާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

2002ގައި ހިނގާދިޔަ ލާއިންސާނީ މުޒާހަރާތަކާ ބެހޭގޮތުން މޯދީއާއި އިންޓަވިއު ކުރުމުން އޭނާވަނީ، އެއިރު އެ މުޒާހަރާތައް ހުށްޓުވުމަށް ފުލުހުން "ވަރަށް ރަނގަޅު މަސައްކަތް" ކޮށްފައިވާކަމަށް ބުނެފައެވެ. ނަމަވެސް، އެއިރު މަރުވި ގިނަ މީހުންނަކީ މުސްލިމުންނެވެ. އަދި މުޒާހަރާތައް ކުރިއަށް ދިޔައިރު، މުސްލިމް އަންހެނުން ވަނީ މަތިމަތިން ރޭޕްކޮށްފައެވެ. އަދި އޭގެ ތެރެއިން ގިނަ އަންހެނުންތަކެއް ރޭޕް ކުރީ ބޮޑު ބައިގަނޑެށް އެއްފަހަރާ ކަމަށް ހެކިދޭނެ މީހުން އަދިވެސް ދުނިޔޭގައި ދިރިއެބަތިއްބެވެ.

މި ލިއުމާއި ގުޅޭ