Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރީކޯ މޫސާ

ޓެކްސް ނުދައްކާ ވާހަކަ ދެއްކުމުން ރީކޯ މޫސަ ރަތަށް!

ދައުލަތަށް ދައްކަންޖެހޭ ޓެކްސް އަދި ދައުލަތުގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ރީކޯ މޫސާ މަނިކު ނުދައްކާތީ ތިނަދޫ ރައްޔިތުން އެކަމާ ސުވާލުކުރުމުން ރީކޯ މޫސާ ރުޅިއައިސްގެން އެރަށުގެ ރައްޔިތުންނާއި ޒުވާބުކޮށްފިއެވެ.

ރައީސް އިބްރާހީމާއި އެކު ތިނަދޫއަށް މިއަދު މޫސަ ގޮސް އެރަށުގެ ގާޑިޔަލެއްގައި ޖޫސް ބޯން އިންދާ ރަށުގެ ރައްޔިތުންވަނީ ޓެކްސް ނުދައްކަނީ ކީއްވެތޯ ސުވާލުކޮށްފަައެވެ.

"އަހަރުމެން މިތަންތާ ވިޔަފާރި ކުރާއިރު އަހަރުމެން މިތިބެނީ ދެއްކުނަސް ނުދެއްކުނަސް ޓެކްސް ދައްކައިގެން." ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯގައި މީހަކު މޫސަ އާއި ސުވާލުކުރެއެވެ. އެހެން ބުނުމުން މޫސަ ވަނީ ރުޅިއައިސްގެން ޓެކްސް ނުދައްކާ ނޯންނާނެ ކަމަށް ތަކުރާތުކޮށް ބުނެފައެވެ. އަދި އެއީ އެމީހުން ހެދި ވާހަކައެއް ކަމަށް މޫސް ބުންޏެވެ.

"ނޯންނާނެ ނުދައްކާ ތިއީ ކަލޭމެން ހެދި ވާހަކައެއް." ރުޅި އައިސްގެން ހަޅޭއްލަވަމުން މޫސް ބުންޏެވެ.

އަދި މޫސަގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ނުދެނީ ކީއްވެތޯ ބުނުމުން މޫސަ ވަނީ މޮޅިއްޔާ އަންނި ނަގާބަލާށޭ ތަކުރާރުކޮށް ކިޔަން ފަށާފައެވެ.

ރީކޯ މޫސާ އަކީ ދައުލަތުގެ އެތައް ކުންފުނިތަކަކަށް އެތައް މިލިއަން ރުފިޔާއެއް ދަރާހުރި މީހެކެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އަށް ވެސް ވަރަށް ބޮޑު ލޯނެއް މޫސަ ދައްކަންޖެހެއެވެ.

ދައުލަތުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި، މިހާރު މޫސަ ހަރަކާތްތެރިވަނީ ރައީސް އިބްރާހީމްގެ ކެމްޕެއިނުގައެވެ. އާންމުކޮށް ރައީސް އިބްރާހީމްގެ ކެމްޕެއިން ޖަލްސާތައް ހުށަހަޅަނީ މިހާރު މޫސައެވެ.

މި ލިއުމާއި ގުޅޭ