Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޕީއެމް

ސްވިޑެން ސަރުކާރުގެ ރުހުމާއެކު ޤުރުއާން އެންދި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކުރުމަށް ގޮވާލައިފި

ސްވިޑެން ސަރުކާރު ހުއްދައާއިއެކު ކީރިތި ޤުރުއާން އެންދުމަށް އެގައުމުގެ ހަރުކަށި ސިޔާސީ ފަރާތްތަކުން އެއްވުމެއް ބޭއްވި މައްސަލަ އެންމެ ހަރުކަށިކޮށް ކުށްވެރިކޮށް، އެކަމާއި ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް އިދިކޮޅު ކޯލިޝަނުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެ ސްވިޑިންގައި ހަރުކަށި ފިކުރުގެ ސިޔާސީ ފަރާތްތަކުން އެއްވުމެއް ބާއްވާފައި ވަނީ ސްވިޑިންގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކައިރީގައެވެ. އެ އެއްވުމުގައި ބައިވެރިވި މީހުން ވަނީ ޤުރުއާން ޚަތިމުތަކެއް އެންދުމުގެ އިތުރުން ތުރުކީވިލާތާއި ދެކޮޅަށް އަޑުވެސް އުފުލާފައެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފަިއވަނީ މާތްﷲގެ ކަލާމްފުޅު، ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިފައިވާތީ، އެކަން އެކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށިކޮށް ކުށްވެރި ކުރާކަމަށާއި މުސްލިމުންނާއި ދެކޮޅަށް ހިންގޭ މިފަދަ ލާދީނީ އަދި ލާއިންސާނީ ޙަރަކާތްތަކަކީ އެއްގޮތަކަށްވެސް އެކޯލިޝަނުން ބަލައިގަންނާނޭ ކަމެއް ނޫންކަމަށެވެ.
އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ މިކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އެހެން ދީންތަކުގެ މީހުންގެ މެދުގައިވެސް ނަފްރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުޞަތު ތަނަވަސްވެގެން ހިނގައިދާނޭ ކަމަށް ޤަބޫލުކުރެވޭކަމަށާއި އެހެންކަމުން ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ ޢަމަލުތަކުން ދުރުވުމަށް އެންމެހާ ޤައުމުތަކަށް ގޮވާލާކަމަށެވެ.

އަދި ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި އެކަމާއި އިދިކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ސަރުކާރަށް ގޮވާލާކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

މި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފައި ނުވާއިރު މި މައްސަލަ ކުށްވެރި ނުކުރަނީ ކީއްވެތޯ "ދިޔަރެސް"އިން އެހުމުން ސަރުކާރުން ޖަވާބެއްވެސް ދީފައެއް ނުވެއެވެ. އިސްލާމީ އުންމަތާ ގުޅޭ މިފަދަ މިކަންކަން މި ސަރުކާރުން މީގެކުރިންވެސް ކުށްވެރި ނުކުރާނީ ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. އެގޮތުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް އަމާޒުކޮށް ދިން ހަމަލާއެއް ކުށްވެރިކޮށް ދުނިޔޭގެ އެކި ޤައުމުތަކާއި ލީޑަރުން ބަސްފުޅު ވިދާޅުވަމުންދާއިރު އެކަމުގައި ދިވެހި ސަރުކާރުން އެއްވެސް ބަހެއް ބުނެފައިނުވެއެވެ. މީގެ ކުރީ ސަރުކާރުތަކުން މިފަދަ ކަންކަން ކުށްވެރިކޮށް ބަޔާންތައް ނެރެފައިވެއެވެ.
ޤުރުއާން އެންދި މައްސަލާގައި މި ސަރުކާރުން ހަނުހުރި ނަމަވެސް ދުނިޔޭގެ އިސްލާމީ ބައެއް ގައުމުތަކުން ވަނީ މި މައްސަލަ ކުށްވެރިކޮށްފައެވެ. އެގޮތުން ސައުދީ އަރަބިއްޔާ، ޖޯޑަން އަދި ކުވޭތުން ވެސް ވަނީ ކީރިތި ޤުރުއާން އަންދަން ނިންމާފައި އޮތް އިހްތިޖާޖަށް ފުރުސަތު ދިނުމުން ނުރުހުން ފާޅުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ސައުދީ އަރަބިއްޔާ އިން ބުނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް އެހެން ދީންތަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި، ހަރުކަށި ކަމާއި އަނިޔާވެރިކަމަށް ގޮވާލެވޭ ކޮންމެ އަމަލަކާއި އެގައުމުން ދެކޮޅު ހަދާ ކަމަށެވެ.

މި ލިއުމާއި ގުޅޭ