Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ރައީސް އިބްރާހިމް "އޯކޭ" ނުވާ އަދި ރައީސް ޔާމީން "އޯކޭ" ވާ ސަބަބު އާދަމް ޝަރީފް ވިދާޅުވެދެއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "އޯކޭ"ނުވާ އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް "އޯކޭ"ވާ ސަބަބު ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެދެއްވައިފިއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ކޮށްފައިވާ "ހަރާމް" ހުކުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން، ރޭ ކުރިޔަށް ގެންދިޔަ ހަރަކާތުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް އިބްރާހިމް "އޯކޭ" ނުވާނެ އެތައް ސަބަބެއް އެބައޮތް ކަމަށެވެ.

އެ ސަބަބުތަކުގެ ތެރޭގައި:

  • * ރާއްޖޭގެ މަސްކަނޑުތައް ވިއްކާލުން
  • * މިގައުމުގައި އެމްޑީއެން ރިޕޯޓް ނެރުން
  • * އެހެންދީންތައް ފެތުރުމުގެ ފުރުސަތު ދިނުން
  • * ރައީސް ޔާމީން އަށް ނުހައްގުން އަނިޔާކުރުން
  • * ރާއްޖޭގެ ރައްޔިތުންގެ ޖީބަށް ބުރަވާނެހެން ޖީއެސްޓީ ބޮޑުކުރުން
  • * އަންހެނުންގެ އިއްފަތްތެރިކަން ނަގައިލި މީހުން ވެރިކަމުގެ ޝާނާއި ޝައުކަތުގެ ތެރޭގައި ތިބުން
  • * ރާއްޖޭގެ މިިނިވަންކަމާއި އިސްތިގުލާލު ނަގާލައި އިންޑިއާ އަށް ގައުމު ވިއްކާލައި ރައްޔިތުން އަޅުވެތި ކުރުން

މި ހުރިހާ ސަބަބުތަކަށްޓަކައި "އިބޫ އޯކޭ ނޫން" ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން "އޯކޭ" ވާ ސަބަބުތައް ވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެ ދެއްވައިފައެވެ. އެގޮތުން އެބޭފުޅާ ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި އެޅި ރީތި ބްރިޖާއި، މާލެ ވަށައިގެން އޮތް ރީތި މަގާއި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އަދި މި ނޫންވެސް މިރާއްޖެ އަށް އެންމެ ފަސްއަހަރުތެރޭ ގެނެސްދެއްވި އެތައް ތަރައްގީ އަކީ ރައްޔިތުންނަށް ރައީސް ޔާމީން "އޯކޭ" ވާ ސަބަބުތައް ކަމަށެވެ.

މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ މިގައުމަށް ބޮޑެތި ބަޣާވާތްތައް ގެނަން މަސައްކަތްކުރަމުން ދަނިކޮށް، މިގައުމު މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ބާއްވައި ދެއްވީތީ ރައީސް ޔާމީން އަކީ ދިވެހިންނަށް "ހީރޯ" އެއް ކަމަށެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހިމް ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗްގައި ދެއްކެވި ވާހަކަ އަކަށް ރައްދު ދެއްވަމުންނެވެ.

އެ ޖަލްސާގައި ރައީސް އިބްރާހިމް ވިދާޅުވެފައިވަނީ ރައީސް ޔާމީން އާއެކު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށާއި ރައީސް ޔާމީން "އޯކޭ" ނޫން ކަމަށެވެ.

މިވާހަކަފުޅާއި ގުޅިގެން ރައީސް އިބްރާހިމްގެ އަމިއްލަ ޕާޓީން ވެސް ވަނީ އެމަނިކުފާނަށް ފާޑު ވިދާޅުވެފައިކަން ފާހަގަ ކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ