Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާރުއެސްއެސް

މިސްކިތްތައް ފައްޅިތަކަށް ބަދަލުކުރުމަށް މޯދީ ނިސްބަތްވާ އާރުއެސްއެސް ޖަމާއަތުގެ ލީޑަރަކު ގޮވާލައިފި

އިންޑިއާގެ މިސްކިތްތައް ފައްޅިތަކަށް ބަދަލުކުރުމަށް އިންޑިއާގެ ހަރުކަށި ހިންދޫ ފިކުރު ޖަމާއަތެއް ކަމަށްވާ ރަޝްތިރިޔާ ސްވޭޔަަމްސެވަކް ސަންގް (އާރުއެސްއެސް) ގެ ލީޑަރަކު ގޮވާލައިފިއެވެ.

އިންޑިއާގެ ރާޖަސްތާނުގައި އޮތް ހަރަކާތެއްގައި އާރުއެސްއެސްގެ ލީޑަރެއްކަމަށްވާ އިޝާރު ލާލު ވަނީ މުސްލިމުންނަކީ ނުބައި ނުލަފާ ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އިންޑިއާގައި ހުރި 30،000 އެއްހާ މިސްކިތްތައް ފައްޅި ތަކަށް ބަދަލުކުރުމަށް އޭނާ ގޮވާލިއެވެ.

މީޣެ އިތުރުން އޭނާ ވަނީ ހަލާލު ތަކެތި ބޮއިކޮޓު ކުރުމަށްވެސް ގޮވާލާފައެވެ.

އާރުއެސްއެސް އަކީ އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކުގެ މުގުލުގައި އޮންނަ ޖަމާއަތެވެ. މީގެ އަހަރުތަކެއް ކުރިން ބަރުބަރީ މިސްކިތް ތަޅާލީވެސް އެ ޖަމާއަތުން އިސްވެ ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައެވެ. އަދި އެކަމުގައި އަމަލީ ގޮތުން އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވިއެވެ.

މޯދީ އިންޑިއާގެ ވެރިކަމާއި ހަވާލުވިފަހުން މުސްލިމުންނަށް އެކި ގޮތްގޮތުން އަނިޔާކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މުސްލިމުންގެ ދުޝްމަނެއްކަމުގައި މޯދީ ވިނަމަވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދިވެހި ދައުލަތުން އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީން އިއްޒުއްދީނުގެ ލަގަބު މޯދީ އަށް އަރުވާފައެވެ.

މި ލިއުމާއި ގުޅޭ