Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ވޯލްޑް ކަޕަށް ފަހު ބަޔާންގެ ފުރަތަމަ މެޗު އެއްވަރު

ފީފާ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު ޖަރުމަނު ލީގުގެ ކުޅުން ރޭ ފެށިއިރު ޗެމްޕިއަން ބަޔާން މިއުނިކް ރަށުން ބޭރުގައި އާރުބީ ލައިޕްޒިގާ ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
އެއްވަރުމުން ލީގުގެ އެއްވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ބަޔާނަށް ވަނީ ގެއްލިފަ އެވެ. އެޓީމަށް 16 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ފްރެއިބާގަށް 15 މެޗުން ވަނީ 30 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މި ހަފްތާ ފްރެއިބާގް ކުޅޭ މެޗުން މޮޅުވެގެން ބަޔާންއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

ޖަރުމަނު ލީގުގެ ކުޅުން ވޯލްޑް ކަޕަށް މެދުކަނޑާލީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެ ލީގުގެ ކުޅުން 68 ދުވަސް ފަހުން ފެށީ ވޯލްޑް ކަޕަށް ފަހު މިޑް ސީޒަން ބްރޭކް ޓީމުތަކަށްދީފަ އެވެ.

ބަޔާންއާ އެއްވަރުކޮށް ލައިޕްޒިގް މިހާރު އޮތީ 29 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ފްރެންކްފާޓް އާއި ފަސް ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.

ރޭގެ މެޗުގައި ލީޑު ނެގީ ބަޔާނުންނެވެ. 37 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ އެރިކް ޗުޕޯ މޯޓިން އެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ލައިޕްޒިގުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މާސެލް ހަލްސްޓެންބާގެވެ.

މެޗުގައި ބަޔާނުން ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. މިގޮތުން އެޓީމުގެ ސާޖް ގްނަބްރީ ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު ތޯމަސް މުލާ މެޗުގެ އިތުރު ވަގުތުގައި ޖެހި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އަދި ލިއޮން ގޮރެޓްޒްކާ ޖެހި ގޯލެއް ރެފްރީ އޮފްސައިޑް ކަމަށް ނިންމި އެވެ.

ރޭގެ މެޗުގައި ބަޔާންގެ ގޯލު ބެލެހެއްޓީ އެޓީމާ އަލަށް ގުޅުނު ޔަން ސޮމާ އެވެ. ސޮމާ ކުރިން ހުރީ ޖަރުމަނު ލީގުގެ ބޮރޫޝިއާ މޮންޗެންގްލަދްބާގަ އެވެ. ބަޔާނުން ސޮމާ ގެނައީ އެޓީމުގެ އެއްވަނަ ކީޕަރު މަނުއެލް ނޯޔާ އަށް އަނިޔާވެ މި ސީޒަނުގައި ނުކުޅެވޭނެކަން ޔަގީންވުމުންނެވެ.

މި ލިއުމާއި ގުޅޭ