Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ރަޝިޔާގެ ވެގްނާ ގްރޫޕަކީ ކުށްވެރިންގެ ޖަމާއަތެއްކަމަށް އެމެރިކާއިން ކަނޑައަޅައިފި

ރަޝިޔާގައި ހަރަކާތްތެރިވާ އެގައުމުގެ ޕްރައިވެޓް އަސްކަރިއްޔާ ކަމަށްވާ ވެގްނާ ގްރޫޕަކީ ބައިނަލްއަގްވާމީ ކުށްވެރިންގެ ޖަމާއަތެއްކަމަށް އެމެރިކާއިން ކަނޑައަޅައިފިއެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީއަށް ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނާގޮތުގައި، އެމެރިކާގެ ސަރުކާރުން އެ ޖަމާއަތާއި އަދި އެ ޖަމާއަތުގެ "ސަޕޯޓް ނެޓްވޯކް"ތަކުގެ މައްޗަށް އިގްތިސާދީ ފިތްތުންތަކާއި، އެ ޖަމާއަތާއި، ޖަމާއަތްތަކުގެ ހަރަކާތްތަކަށް ހުރަސް އަޅާނެއެވެ.

"(އެ ޖަމާއަތާއި ދެކޮޅަށް)އަޅާފައިވާ ފިޔަވަޅުތަކުން އަންގައިދެނީ ވެގްނާ ގްރޫޕުން ދުނިޔެއަށް ކުރިމަތިވެދާނެ ގެއްލުންތަކަކީ ސީރިއަސް ކަމެއްކަން. އަދި އެމީހުން މިހާރުވެސް (ޔުކްރެއިންގައި) ހިންގާ ސިލްސިލާ ކުށުގެ ހަރަކާތްތަކުން އެކަން ރީއްޗަށް ފެނިގެންދޭ"، ކާބީ ވިދާޅުވިއެވެ.

މީގެ އިތުރުން، ވެގްނާއަށް އެހީ ފޯރުކޮށްދޭ ކުންފުނުނިތަކަށް މުހާތަބު ކުރައްވަމުން، "އެ ޖަމާއަތަކީ ފުޅާކޮށް އިންސާނީ ހައްގުތަށް ނިއުޅުވާލާ، އެ ހައްގުތަކަށް އަރައިގަންނަ ބައެއް. އަދި ފުޅާކޮށް ލާއިންސާނީ އަމަލުތައް ހިންގަމުން އަންނަ ބައެއް" ކަމަށް ކާބީވަނީ އެ ކުންފުނިތަކައް ހަނދާންކޮށްދެއްވާފައެވެ.

އދގެ އެސެސްމެންޓެއްގައި ވާގޮތުން، ޔުކްރެއިންގެ ހަނގުރާމައިގެ މައިދާނުގައި ރަޝިޔާގެ ލަޝްކަރު ބާރަގަދަކޮށްދިނުމަށް ވެގްނާ ޖަމާއަތުންވަނީ 50،000 މީހުން ފޮނުވާފައެވެ.

ރަޝިޔާ ފިޔަވާ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެގްނާ ޖަމާއަތުން ހަރަކާތްތެރިވެފައިވެއެވެ. ލީބިޔާ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި މާލީފަދަ ގައުމުތައް ނުތަނަވަސްކަމުގެ ތެރޭގައި އޮއްވާ، އެ ނުތަނަވަސްކަން އިތުރަށް ފުޅާކުރުމުގައި ވެގްނާ ޖަމާއަތުން ރޯލު ކުޅެފައިވެއެވެ.

އެ ޖަމާއަތުން މިފަހުންވަނީ، ބަޙްމޫތު ސިޓީގެ ކްލެސްޗެޔެވްކާ ނަމަކަށް ކިޔާ ކުޑާ އަވަށެއް ހިސާރުކޮށް، "އެއްކޮށް (އެމީހުންގެ) ބާރުގެދަށަށް" ގެނައިސްފައިކަމަށް، އެ ޖަމާއަތުގެ އިސް ވެރިޔާ އެވްޖެނީ ޕްރިގޯޒިން ބުނެފައިވެއެވެ. އެ އަވަށަކީ ހަނގުރާމައިގެ މައިދާނުގައި ތިބި ޔުކްރެއިންގެ ހަނގުރާމަމަތީ ސިފައިންނަށް ހަތިޔާރާއި އަދި އެހެނިހެން ސާމާނު ގެންގޮސްދިނުމަށް ބޭނުންކުރަމުން އައި އަވަށެކެވެ.
އޭނާ އިތުރަށް ބުނިގޮތުގައި، ބަޙްމޫތު ދޫކޮށް އާމްޑް ފޯސަސް އޮފް ޔުކްރެއިން (އޭއެފްޔޫ)އިން ފިލަނީ އޭ ކިޔާފަ މީހުން ގަބޫލުކުރާ ކުރުމަކީ ދޮގު ކަމަށެވެ. އޭއެފްޔޫއަކީ ވަރަށް ރަނގަޅު ހަނގުރާމަމަތީ އުކުޅު ގެންގުޅޭ ބައެއްކަމަށާއި، އެމީހުންގެ އުކުޅުތަކުން އަހަރުމެންވެސް އެއްޗެއް ދަސްކުރަން އެބަޖޭހޭކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، ވެގްނާ ޖަމާއަތުންދަނީ ލަސްލަހުން ކުރިއަށްޖެހެމުން ކަމަށާއި، އަދި އަރިޓްޔޮމޮވްސްކްގައި ހުރި ސެޓަލްމެންޓް ހިސާރުކުރާނެކަމަށް ޕްރިގޯޒިން އިންޒާރުދީފައިވެއެވެ.
މި ލިއުމާއި ގުޅޭ