Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަނަވާރުން

ހޯރަފުށި ކައިރިން 6 ފުޓޫގެ ކިނބުލެއް އަތުލައިގަނެފި

ހއ.ހޯރަފުށި ކައިރިން 6 ފޫޓު ދިގުމިނުގެ ކިނބުލެއް އަތުލައިގަނެފައިވާކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހައެއްކަ ފޫޓު ދިގުމިންހުރި ކިނބުލެއް ފެނުނީ ހޯރަފުށްޓާ އެއްފަޅެއްގައި އޮންނަ އުނގުލުފިނިޅާއި ހުވަހަންދޫ ދޭތެރެއިން ކަމަށެވެ.

އަދި ކިނބޫ ފެނިގެން އެކަން ރިޕޯޓުކުރުމާ ގުޅިގެން އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ފަސްޓް ސްކޮޑްރޮންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެ ޓުވީޓުގައި ބުނެފައިވެއެވެ.

އެ ޓުވީޓުގައި ޤައުމީ ދިފާއީ ބާރުން ހިއްސާކުރި ފޮޓޯގައި ފެންނަނީ ކިނބޫ ހިފައި، އަތްފައި ބަނދެ، ލޯންޗަކަށް ލާފައި އޮއްވައެވެ.

މީގެ ކުރިން ރިސޯޓެއް ތަރައްޤީކުރަމުން އައި ކ.ބޮލިދުއްފަރު ކައިރިން 14 ފޫޓު ދިގުމިންހުރި ކިނބުލެއް ފެނިފައިވެއެވެ. އެ ކިނބޫ ހިފުމަށްފަހު 24 ނޯޓިކަލް މޭލު ބޭރަށް އެމްއެންޑީއެފުންވަނީ ދޫކޮށްލާފައެވެ.

މި ލިއުމާއި ގުޅޭ