Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނިއު ޒީލެންޑު

ނިއުޒިލޭންޑްގެ ބޮޑުވަޒީރުކަމަށް ކްރިސް ހިޕްކިންސް ހޮވިވަޑައިގެންފި

ނިއުޒިލޭންޑުގެ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވާފައިވާ ޖަސިންޑާ އާޑާންގެ ބަދަލުގައި، ކްރިސް ހިޕްކިންސް އެ މަޤާމަށް ހޮވިވަޑައިގެންފިއެވެ. ވެރިކަންކުރާ ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީވެސް ހިޕްކިންސްއެވެ.

އެގައުމުގެ ލޭބާ ޕާޓީގެ ޕާލިމެންޓްއަށް 2008ގައި އިންތިޚާބުވެވަޑައިގެންނެވި ކްރިސް ހިޕްކިންސްއަށް މިއަންނަ އާދީއްތަ ދުވަހު ބޮޑުވަޒީރުކަމުގެ މަގާމް ރަސްމީކޮށް ހަވާލުކުރަން ހަމަޖެހިފައިކަމަށް، ބޭރުގެ މީޑިއާތަކުން ބުނެއެވެ.

2020ގައި މުޅިދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑިކަމުގެ ތެރޭގައި، ހިޕްކިންސް އެއިރު ހުންނެވީ ކޮވިޑް-19ގެ މިނިސްޓަރުކަމުގެ މަގާމުގައެވެ. އެއިރު އެ ގައުމުގައި ކޮވިޑް-19އިން ރައްކާތެރިވުމަށާއި، އަދި ޕެންޑެމިކާއި ކުރިމަތިލާން އެޅި ފިޔަވަޅުތަކުގައި އިސް ރޯލެއް ހިޕްކިންސް އަދާކުރައްވައިފާވެއެވެ. މިހާރު ހިޕްކިންސް އަދާކުރައްވަނީ، ޕޮލިސް، އެޑިއުކޭޝަން، އަދި ޕަބްލިކް ސާވިސަސްގެ ވަޒީރުކަމުގެ މަގާމެވެ.

ސިޔާސީ ކޮމެންޓޭޓަރެއް ކަމަށްވާ ޖޯސީ ޕަގާނީ ހިޕްކިންސްގެ ޝަހުސިއްޔަތު ސިފަކުރައްވަނީ " ވިސްނުންތެރި، މީހުން ގަޔާވާ، ހަރުދަނާ، އަދި ގާބިލު" ބޭފުޅެއްގެގޮތުގައެވެ.

ހޮރައިޒަން ރީސާޗްއިން ބޭއްވި ސްނެޕް ޕޯލްއެއްގެ ނަތީޖާ ދައްކާގޮތުން، ވޯޓަރުންގެ ތެރޭގައި ހިޕްކިންސްއަކީ އެންމެ މަގުބޫލް ކެންޑިޓެވެ. އެ ސާވޭގައި ބައިވެރިވި ޖުމްލަ މީހުންގެ 26 އިންސައްތަ މީހުން ވޯޓޫލާން ޚިޔާރުކޮށްފައިވަނީ ހިޕްކިންސްއަށެވެ.

އާދީއްތަ ދުވަހުގައި ބާއްވާން ހަމަޖެހިފައިވާ ހިޕްކިންސްއަށް ބޮޑޫވަޒީރުކަން ހާވާލްކުރެއްވުމުގެ ރަސްމިއްޔާތުގެ ކުރިން، ކުރީގެ ބޮޑޫ ވަޒީރު އާޑާންގެ އިސްތިއުފާގެ ލިޔުން ގަވަނާ ޖެނެރަލްއަށް ފޮނުވަން އޮތީ ހަމަޖެހިފައެވެ. އެއަށްފަހު ރަސްމީކޮށް ހިޕްކިންސްއާއި ބޮޑުވަޒީރުކަން ހަވާލްކުރެވޭނެއެވެ.

ލޭބާ ޕާޓީގެ ވެރިކަމުގެ ދައުރު ނިމެންދެން ނިއުޒިލޭންޑުގެ ބޮޑުވަޒީރުގެ މަޤާމު އަދާކުރައްވާނީ ހިޕްކިންސްއެވެ.

ޓެކްސްޕޭޔާސް ޔޫނިއަން ކިއުރިޔާއިން ހެދި ޕޯލްއެއްގެ ނަތީޖާ ދައްކާ ގޮތުން އަޑާން ބޮޑުވަޒީރުކަމުގެ މަޤާމުން އިސްތިއުފާދެއްވުމުގެ ކުރިން އޭނާގެ ލޭބާ ޕާޓީގެ މަޤުބޫލުކަންވަނީ 31.7 އިންސައްތައަށް ދަށްވެފައެވެ. އަދި އިދިކޮޅު ނޭޝަނަލް ޕާޓީގެ މަޤުބޫލުކަން 37.2 އިންސައްތަ މަތިވެފައިވެއެވެ.

މި ލިއުމާއި ގުޅޭ