Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިސޯޓު

އިންތިހާބާ ދިމާކޮށް ތިން ރަށެއްގައި ރިސޯޓު ހަދަން ބިޑަށް ހުޅުވާލަނީ

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ތިލަދުންމަތިން ތިން ރަށް ރިސޯޓް ހަދަން ބިޑަށް ހުޅުވާލަން ނިންމައިފިކަން އިއުލާން ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ތިލަދުންމަތީގެ ތިން ރަށެއްގައި ރިސޯޓް ހަދަން ކުރިއަށް އޮތް ހަފްތާގައި ބިޑަށް ހުޅުވާލާނެ ކަމަށެވެ. އެކަމަކު އެއީ ކޮން ތިން ރަށެއް ކަމެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
މިނިސްޓްރީގެ ޓްވީޓްގައި އިތުރަށް ބުނީ ހަނިމާދޫ އެއާޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ތިލަދުންމައްޗަށް 8000 ޓްއަރިސްޓް އެނދު ބޭނުންވާ ކަމަށެވެ.
މިފަހުންވެސް މިގޮތަށް ރިސޯޓު ހެދުމަށް ގިނަ ރަށްތަކެއް ސަރުކާރުން ހުޅުވާލި ނަމަވެސް ރަށްތަކުގައި އިންވެސްޓް ކުރަން އެއްވެސް ވަރެއްގެ ތާއީދެއް ނުލިބުނެވެ.
މިދިޔަ އަހަރު ފަހުކޮޅު ވެސް 21 ރަށެއްގައި ރިސޯޓް ހަދަން ބިޑަށް ހުޅުވާލިއެވެ. އޭގެ ކުރިން ޖަނަވަރީ ގައި ވެސް ރިސޯޓް ހަދަން 18 ރަށަކަށް ބިޑް ހުށަހަޅަން ހުޅުވާލި އެވެ. ނަމަވެސް އޭގެތެރެއިން ބިޑް ހުށަހެޅީ ވަރަށް މަދު ރަށަކަށެވެ.
މިސަރުކާރުން ރިސޯޓް ހަދަން ރަށްތައް ދޫކުރަމުން ގެންދަނީ ވަރަށް ކުޑަ އަގެއްގަ އެވެ. އެންމެ ފަހުން މާލެއިން އެޕާޓްމަންޓް ވިއްކާ އަގުގައި ވެސް ރަށްތައް ވިއްކަން އިއުލާންކުރުމުން ވެސް އެތަންތަނަށް އިންވެސްޓް ކުރާނެ ބަޔަކު ނުވި އެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ރިޔާސީ ޕްރައިމަރީ ކެމްޕެއިންގެ ތެރެއިން ރަށްތަކެއް އަނެއްކާވެސް ބިޑަށް ހުޅުވާލީ އިންތިހާބާ ދިމާކޮށެވެ.

އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަނީ އެމަނިކުފާނަށް ވޯޓުލާ ފަރާތްތަކަށް މާލެއިން ގޯތި ދޭނެ ކަމަށްވެސް ބުނަމުން ކަމަށް މައުލޫމާތު ލިބެެ އެވެ.

މި ލިއުމާއި ގުޅޭ