Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢިރާޤު

އިރާގުގެ ފުޓުބޯޅަ ސްޓޭޑިއަމެއްގައި ފިތިބާރުވެގެން 2 މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ

ދެކުނު އިރާގުގެ ބަސްރާ އިންޓަނޭޝަނަލް ސްޓޭޑިއަމް، ނުވަތަ ޕާމް ޓްރަންކް ސްޓޭޑިއަމްގައި ފިތިބާރުވެގެން އަދި ފައިދަށުވެގެން 2 މީހުން މަރުވެ، 80 އެއްހާ މީހުން ޒަހަމްވެއްޖެއެވެ.

މިއަދު ހެނދުނުއްސުރެން ސްޓޭޑިއަމް ބޭރުގައި އެތައް ހާސް ބަޔަކުވަނީ، މިއަދު ކުޅެން ހަމަޖެހިފައިއޮތް ގަލްފް ކަޕްގެ ފައިނަލް މެޗު ބެލުމަށްޓަކައި އެއްވެ ސްޓޭޑިއަމް ބޭރު ފުރާލާފައެވެ. އޭގެން ގިނައީ އިރާގުގެ އެކި ކަންކޮޅުތަކުން ދިގު ރާސްތާތައް ހުރަސްކޮށްފަ މެޗު ބަލަންވެގެން ބަސްރާއަށް އައި މީހުންނެވެ.

އިރާގު ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފައިވާ ގޮތުގައި، މެޗު ފެއްޓުމުގެ ވަރަށް ކުރިންވަނީ ވިއްކަން ހުރި ޓިކެޓުތަކުގެ 90 އިންސައްތަ ހުސްވެފައިކަމަށެވެ. މިކަމުގެ ސަބަބުން، އިރާގުގެ އެކި ކަންކުޅޮތަކުން ބަސްރާއަށް ދަތުރުކުރި ސަޕޯޓަރުންވަނީ ރުޅިގަދަވެފައެވެ. މީގެ އިތުރުން، ގަލްފް ސްޓޭޓްގެ ގިނަ ގައުމުތަކަކުގެ މީހުންވެސްވަނީ މި މުބާރާތް ބެލުމަށްޓަކައި ބަސްރާއަށް ދަތުރުކޮށްފައެވެ.

މެޗު ނުފެށިގެން އުޅެނިކޮށް، އަދި ސްޓޭޑިއަމަށް ވަންނަން އިންނަ ގޭޓު ނުހުޅުވަނިސްވަނީ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންފެށިފައެވެ. އަދި ކުއްލިއަކަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ، ކައިރީގައި ތިބި މީހުންނަށް ބެލުމެއްނެތި ވަނީ ދުއްވައި ގަނެފައެވެ. އެވަގުތު ތެރޭގައި ފިތިބާރުވެގެން 2 މީހަކު މަރުވިއެވެ. އަދި 80 އެއްހާ މީހުން ޒަހަމްވިއެވެ.

އިރާގު ސަރުކާރުގެ މަސްދަރުތަކަށް ރިއާޔަތްކޮށް ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ، މެޗު ލަސްވުން، ނޫނީ އެހެން ގައުމެއްގައި ފައިނަލް މެޗު ކުޅުމުގެ އިންތިޒާމް ހަމަޖައްސަން ޖެހިދާނެކަމަށެވެ.

ކުޅެން ހަމަޖެހިފައިވާ މެޗަކީ އަރަބި ގަލްފް ކަޕުގެ ފައިނަލް މެޗެވެ. އެންމެ ފަހުން ގަލްފް ކަޕް އިރާގުގައި ބޭއްވުނީ 1979ގައިއެވެ. މި މުބާރާތުގައި ސައުދީ އަރަބިއްޔާއާއި، އޮމާންއާއި، ޔޫއޭއީއާއި، ކުވެއިތާއި، ގަތަރާއި، ބަހުރެއިންއާއި އަދި ޔަމަންގެ ފުޓުބޯޅަ ޓީމުތައް ބައިވެރިވެއެވެ.

މި ލިއުމާއި ގުޅޭ