Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލައަކީ ގަވައިދާ ހިލާފަށް ރުށްގަސް ކެނޑުމުގެ މައްސަލަ: އީޕީއޭ

އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔައަހަރު އެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ގަވައިދާ ހިލާފަށް ރުށްގަސް ކެނޑުމުގެ މައްސަލައެވެ.

ގަވައިދާ ހިލާފަށް ރުށްގަސް ކެނޑުމުގެ ޖުމްލަ 55 މައްސަލައެއް އެ އިދާރާއަށް މިދަޔަ އަހަރުވަނީ ރިޕޯޓުކޮށްފައެވެ. އިންސައްތައިންނަމަ އެއީ ޖުމްލަ ހުރިހާ މައްސަލައެއްގެ 29 އިންސައްތައެވެ.

ދެވަނައަށް އެންމެ ގިނައިން ނިމުނު އަހަރުގައި ހުށަހަޅާފައިވަނީ، ފަޅުންނާއި ގޮނޑުދޮށުން ވެލިނެގުމުގެ މައްސަލައެވެ. އެކަމުގެ 45 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އީޕީއޭއިން އިތުރަށް އާންމުކޮށްފައިވާގޮތުގައި، މިދަޔަ އަހަރު ރުށްގަސް ނެގުމަށް ވަރަށް ގިނަ ހުއްދަ ދޫކޮށްފައިވެއެވެ. މިގޮތުން، 6،505 ރުކާއި އަދި، 437 ގަސް ނަގަން އެކި ފަރާތްތަކަށް ހުށްދަ ދެވިފައިވެއެވެ.
ގިނަ އަދަދަކަށް ރުށްގަސް ނެގުމުގެ މައިގަނޑު އެއް ސަބަބަކީ، އެ ގަސްތަށް ނަގާފަހުން ހުސްވާ ސަރަހައްދުގައި އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ. މިސާލަކަށް، މަގު ހެދުން، އެކި ކުޅިވަރުތަކުގެ މައިދާންއެޅުން، އަދި ގޯތިދޫކުރުންކަހަލަ އެކިއެކި ކަންކަން ހިމެނެއެވެ.
މިދިޔަ އަހަރު އެކި ބޭނުންތަކަށް ކެނޑި ރުށްގަހުގެ 86 އިންސައްތަ ގެންގޮސްފައިވަނީ އެހެން ރަށްރަށަށެވެ.
މިދިޔަ އަހަރުގައި އެކި މަޝްރޫއު ހިންގުމަށް އެ އިދާރާއަށް ހުށަހެޅުނު 295 އީއައިއޭ ރިޕޯޓްވެސްވަނީ ޕްރޮސްސެސްކޮށް ނިމަފައިކަމަށް، އެ އިދާރާގެ ތަފާސްހިސާބުތަކުން ތަފްސީލްކޮށްދީފައިވެއެވެ.
މި ލިއުމާއި ގުޅޭ