Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ރައީސް އެޓޯލް މިނިސްޓަރަށްވެ މާލޭ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލުމަކީ ކުށެއް: ޖަމީލް

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެޓޯލް މިނިސްޓަރަކަށް ވެވަދައިގެން މާލޭ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލުމަކީ ކުށެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް އަންނަ މަހު ފަށަން ތައްޔާރުވަމުން ދަނިކޮށް ސަރުކާރުގެ ފަރާތުން މިނީ ބަހުގެ ޚިދުމަތް ދޭން ފަށާނެކަން އިއުލާނުކޮށް ކައުންސިލްގެ ހުއްދަ ނެތި ވިލިމާލެއަށް އެ ބަސްތައް އެރުވުމާއި ގުޅިގެންނެވެ.

ޖަމީލް ވިދާޅުވީ މި ސަރުކާރުން ވަކި ކަމަކަށް ބެލުމެއްނެތްކަމަށެވެ. އަދި ރައީސް އިބްރާހިމް ޤާނޫނުތަކަށް ގޮންޖައްސަވަނީ ރައީސަކަށް ވީތީބޭނުން ގޮތެއް ހެދުމުގެ ބާރު އޮތް ކަމަށް ދެއްކިގެންތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

މީގެއިތުރުން ވިލިމާލެއަށް ކައުންސިލްގެ ބާރު ނުހިނގާ ޤާނޫނެއް އޮތީތީ ސުވާލު އުފައްދަވަމުން ޑރ. ޖަމީލް ވިދާޅުވީ ރައީސް އިބްރާހިމް އެޓޯލް މިނިސްޓަރަކަށްވެ މާލޭ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލުމަކީ ކުށެއްކަމަށާއި އެއީ ޢައިރު ގާނޫނީކަމެއްކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ 17 އޯގަސްޓް 2022 ގައި ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައި ނިންމާފައިވާ ފަދައިން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މިމަހު ފަހުކޮޅު މާލެ ގެނެވި ފެބްރުއަރީ މަހުގެ ކުރީކޮޅު މި ޚިދުމަތް ފެށިގެން ދާނެކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މިފަދައިން ނިންމާފައިވަނިކޮށް ސަރުކާރުގެ ފަރާތުން ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފަށާނެކަން އިއުލާނުކޮށް ބަސްތައް މިހާރު ވިލިމާލެއަށް ގެންގޮސްފައިވުމާގުޅިގެން އެ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިއުމާއި ގުޅޭ