Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާއިން ނަގާފައިވާ ދަރަނި 40 ބިލިއަން ރުފިޔާއަށް އަރައިފި

އިންޑިއާއިން ދިވެހިރާއްޖެއަށް ދީފައިވާ ދަރަނީގެ އަދަދު 40 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އަރާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ ރޭ ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އިފުތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުންނެވެ. އެގޮތުން ޝާހިދު ވިދާޅުވެފައިވަނީ އިންޑިއާއިން 2.7 ބިލިއަން ޑޮލަރުގެ އެހީ ހަމަޖައްސާފައިވާ ކަމަށެވެ. އެއިން ހިލޭ އެހީގެ ގޮތުގައި ހަމަޖައްސާފައިވަނީ 173.7 މިލިއަން ޑޮލަރުކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އިންޑިއާ ސަރުކާރުން ހަމަޖައްސަވާފައިވާ ގާތްގަނޑަކަށް 2.7 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ތެރެއިން 173.7 މިލިއަން ޑޮލަރަކީ ހިލޭ އެހީ. އަޅުގަނޑުމެން މިދަނީ މި އެހީތެރިކަމުގެ ތެރެއިން ތަފާތު ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން،" ޝާހިދު ވިދާޅުވިއެވެ.

އިންޑިއާއިން ދޭ "އެހީ"ކަމަށް ޝާހިދު ވިދާޅުވެފައިވާ ފައިސާގެ ތެރެއިން ހިލޭ އެހީއަކީ 173.3 މިލިއަން ޑޮލަރު ނުވަތަ 2.6 ބިލިއަން ރުފިޔާއެވެ. އެއީ އިންޑިއާއިން ދޭ އެހީގެ އެންމެ 6.43 އިންސައްތައެވެ. މާނައަކީ ބާކީ ހުރި "އެހީ"އަކީ ދަރަންޏެވެ.

ޖުމްލަ އިންޑިއާއިން 2.7 ބިލިއަން ޑޮލަރު ދީފައިވާއިރު، އެއިން ހިލޭ އެހީ އުނިކުރުމުން ދަރަނީގެ އަދަދު 2.58 ބިލިއަން ޑޮލަރަށް އަރައެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 39.8 ބިލިއަން ރުފިޔާއެވެ.

އެކި ނަންނަމުގައި އިންޑިއާއިން ދަރަންޏަށް ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާއިރު، އެ ފައިސާ ނަގާފައިވަނީ ކޮން ޝަރުތުތަކަކާއެކުކަން ސާފުނުވެއެވެ. ދަރަނީގެ އިންޓަރެސްޓު ރޭޓާއި ދަރަނި އަދާކުރަންޖެހޭ މުއްދަތު ފަދަ މުހިއްމު ގިނަ މައުލޫމާތުތަކެއް ސަރުކާރުން ހާމަނުކުރެއެވެ.

މި ލިއުމާއި ގުޅޭ